ޚަބަރު

އުކުޅަހުގައި ކްރިސްމަސް ގަހެއް ބެހެއްޓި މައްސަލައެއް ހޫނުވެއްޖެ

އއ. އުކުޅަހު ގެސްޓް ހައުސްއެއްގައި ކްރިމަސް ގަހެއް ބެހެއްޓި މައްސަލައެއް ހޫނުވެއްޖެ އެވެ.

ރައްޔިތުން ނުރުހުން ފާޅުކުރަން ފެށުމުން ގަސް ނެގި އިރު އެ ގަސް ބެހެއްޓީ އެ ގެސްޓް ހައުސް ހިންގާ ފަރާތަށް ނޭނގިގެން ކަމަށް ބުނެފިއެވެ.

އުކުޅަހުގައި ބޭރުމީހަކު ހިންގަމުންދާ ގެސްޓްހައުސްއެއްގައި ކްރިސްމަސް ގަހެއް ބެހެއްޓި އިރު އެކަން އޭނާއަށް ކުރެވުނީ ގާނޫނީ ގޮތުން މަނާ ކަމެެއް ކަން އޭނާއަށް ނޭނގި ކަމަށް އެ ރަށުގެ ކައުންސިލް މެންބަރު މުހައްމަދު ހުސްނީ އާއި ހަވާލާދީ ދަޕްރެސް އިން ހާމަކޮށްފައިވެއެވެ.

އުކުޅަހު ރަންތަރި ގެސްޓް ހައުސްގައި ކްރިސްމަސް ގަހެއް ބެހެއްޓުމުން ރައްޔިތުން ނުކުމެ ނުރުހުން ފާޅުކުރުމުން އެ ގަސް ފަހުން ވަނީ ނަގައިފައެވެ.

އެކަމާ ގުޅިގެން “ދަ ޕްރެސް” އަށް މައުލޫމާތު ދެމުން އުކުޅަހު ކައުންސިލްގެ މެންބަރު ހުސްނީ ވިދާޅުވި ކަމަށް އެނޫހުގައި ވަނީ މާފުށި ފަދަ ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތަކުގައި ކްރިސްމަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ދާތަން ފެންނަ ކަމަށް އެމީހާ ބުނެފައިވާ ކަމަށެވެ.

އއ. އުކުޅަހު ކައުންސިލް މެންބަރު މުހައްމަދު ހުސްނީ

ކްރިމަސް ފާހަގަކުރުމަށް އެ ގަސް ބަހައްޓާ ދިއްލުން ފިޔަވާ އިތުރު ކަމެއް ކޮށްފައި ނުވާ ކަމަށް ހުސްނީ ވިދާޅުވިއެވެ. އަދި އެ ގަސް ބެހެއްޓީ ކޮންއިރަކު ކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެހެންނަމަވެސް އާންމުން އެއްވެފައި ވަނީ ރޭ އިރުއޮއްސުނު ފަހުން ކަމަށް ހުސްނީ ވިދާޅުވިއެވެ.
އުކުޅަހު ގެސްޓް ހައުސްއެއްގައި ކްރިސްމަސް ގަސް ބެހެއްޓުމުން އާންމުން ނުރުހުން ފާޅުކުރަނީ

ހުސްނީ ވިދާޅުވީ އެއްވީ މަދު ބަޔެއް ކަމަށާއި ގެސްޓް ހައުސް ހިނގަމުން ދިޔަ މީހާއަށް ގާނޫނުގައި މަނާކަމެއްކަން ކައުންސިލުން ކިޔައިދީ އެ މައްސަލަ ހައްލުކޮށް މާ ގިނައިރު ނުވަނީސް އެ ގަސް ނަގާފައިވާ ކަމަށެވެ.

ހުސްނީ އިތުރަށް ވިދާޅުވީ މިފަދަ ކަމެއް ހިނގަމުންދޭތޯ ކައުންސިލުން ހާއްސަ ސަމާލުކަމެއް ދީގެން ގާތުން ބަލަމުން ދާނެ ކަމަށާއި އަދި މިފަދަ ކަންކަމުގައި ފިޔަވަޅު އަޅާނެ ކަމަށެވެ. މި މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށްވެސް ހުސްނީ ވަނީ ފާހަގަ ކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close