ޚަބަރު ޔާމީނަށް ކުރާ ދައުވާގެ އަޑު އެހުމެއް މާދަމާއަށް ތާވަލުކޮށްފި

ޔާމީނަށް ކުރާ ދައުވާގެ އަޑު އެހުމެއް މާދަމާއަށް ތާވަލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރިޝްވަތު ހިތްޕެވިކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓްގައި ތާވަލު ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މާދަމާގެ ޝަރީއަތުގެ ޝެޑިއުލްގައި ބުނެފައިވާ ގޮތުގައި މާދަމާ ޔާމީންގެ ދެ އަޑުއެހުމެއް އެބައޮތެވެ. އެއީ ރިޝްވަތު ހިފުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.

ދެ އަޑުއެހުންވެސް އޮތީ ހެނދުނު9:00 ގައި އެވެ. މި އަޑުއެހުންތަކަކީ ފުއްގިރި މައްސަލައިގައި ބާއްވާ އަޑުއެހުންތަކެކެވެ.

މީގެ ކުރިންވެސް މި މައްސަލައިގަ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބާއްވާފައިވެ އެވެ.

އެހެން މައްސަލައިގަ މަނީލޯންޑަރިންގެ ދައުވާ އުފުލުމުން އެ މައްސަލަ ސާބިތުގެ ޔާމީން ވަނީ ފަސް އަހަރަށް ޖަލަށް ލާން2019 ވަނަ އަހަރު ހުކުމް ކޮށްފަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ޓެގް

ކްރިމިނަލްކޯޓް ރިޝްވަތު ރައީސްޔާމީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.