ޚަބަރު

އޭޑީބީން ރާއްޖެއަށް 2 މިލިއަން ޑޮލަރުގެ އެހީދެނީ


އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް ދެމިލިން ޑޮލަރުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސް ވުމެއްގައި އެ ބޭންކާއި ދިވެހި ސަރުކާރާއި ދެމެދު ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މިއީ 2،050،000 ޔޫއެސްޑީގެ ޓެކްނިކަލް އެސިސްޓަންސް އެގްރީމެންޓްއެއްކަމަށެވެ. މީގެ ތެރެއިން 2 މިލިޔަން ޑޮލަރަކީ ޖަޕާން ފަންޑް ފޯ ޕަވަރޓީ ރިޑަކްޝަންގެ ހިލޭ އެހީއެއް ކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ޓެކްނިކަލް އެސިސްޓެންސްގެ ސަބަބުން ކޮމިއުނިކަލް ޑިސީސް އައުޓް ބްރޭކްސް އަދި ޕެންޑެމިކް ރެސްޕޮންސް ހަރުދަނާކުރުމަށް މަގުފަހިވެގެން ދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގެ ދަށުން ގައިންގަޔަށް އަރާ ބަލިތަކާއި، ޢާލަމީ ވަބާތަކާއި ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އޮންލައިންކޮށް އޭޑީބީގެ އިސް ފަރާތްތަކާއި އެކު ބޭއްވި މި ރަސްމީއްޔާތުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ޖަޕާންގެ އެންބެސެޑަރ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close