ޚަބަރު މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމުން އެނގެނީ ފަނޑިޔާރުގެ މިނިވަންވެފައިވާކަން – ޑރ.އިޔާޒް

މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމުން އެނގެނީ ފަނޑިޔާރުގެ މިނިވަންވެފައިވާކަން – ޑރ.އިޔާޒް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމުން އެނގެނީ ފަނޑިޔާރުގެ މިނިވަންވެފައިވާކަމާއި، އަދި ސަރުކާރަށް ޝަރީޢަތުގެ ތެރެއަށް ނުވަދެވޭނެކަން ކަމަށް ދީނީ ޢިލްމްވެރިޔާ ޑރ.މުޙައްމަދު އިޔާޒް ޢަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.

ސްޕްރީމް ކޯޓުން މިއަދުވަނީ ރައީސް ޔާމީނަށް އިއްވާފައިވާ  5 އަހަރުގެ ޖަލުހުކުމް ބާތިލް ކޮށް އެމަނިކުފާނު ދޫކޮށްލާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަންޖެހޭކަމަށް ފެންނަކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ 3 ފަނޑިޔާރުންގެ އިއްތިފާގުންވަނީ ފާސްވެފައެވެ.

މި މައްސަލައިގައި ފަނޑިޔާރު މަހާޒްގެ ރަޢުޔަށް ދެން ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އިބްރާހިމް މުހައްމަދުވަނީ ތާއީދުކުރައްވާފައެވެ.

ޑރ. އިޔާޒް މިއަދު ކުރެއްވި ޓްވީޓްގައި އިޝާރާތް ކުރައްވާފައި އެވަނީ ރައީސް ޔާމީންގެ ޝަރީޢަތުގެ މައްޗަށް ކަމަށް ބެލެވޭއިރު ޑރ. އިޔާރު ވިދާޅުވެފައިވަނީ މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމުން އެނގެނީ ފަނޑިޔާރުގެ މިނިވަންވެފައިވާކަމާއި، އަދި ސަރުކާރަށް ޝަރީޢަތުގެ ތެރެއަށް ނުވަދެވޭނެކަމެވެ.

ރައީސް ޔާމީން މިނިވަން ވުމާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ އެކަމާ އުފާފާޅުކުރަމުންނެވެ.

ޓެގް

ޑރ.އިޔާޟް ސްޕްރީމްކޯޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.