ސްވިޑެންގެ ފުރަތަމަ އަންހެން ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި
ސްވިޑެންގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ސޯޝަލް ޑިމޮކްރެޓިކް މެގްޑަލޭނާ އެޑަސަން އެ މަގާމަށް އައްޔަން ކުރިތާ ގަޑިއިރުތަކެއް ފަހުން އިސްތިއުފާ ދެއްވައިފި އެވެ.
ބުދަ ދުވަހު އެޑަރސަން ވިދާޅުވީ އެކަމަނާގެ ބަޖެޓް ބިލް ފެއިލްވެ، ގްރީން ޕާޓީން ދެ ޕާޓީ ހިމެނޭ ކޯލިޝަން ސަރުކާރު ދޫކޮށްލެއްވުމަށް ފަހު އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގެންނެވި ކަމަށެވެ. އެކަމަނާ ލީޑަރުގެ ގޮތުގައި އިޢްލާން ކުރައްވާފައިވަނީ، ޕާލަމެންޓްގެ ބައެއް ދާއިރާތަކުން އެކަމަނާއަށް ތައުރީފު ގެ ބަސްތައް އޮއްސަވަމުން ގެންދިއުމުންނެވެ.
އޭގެ ބަދަލުގައި، ސްވިޑަން ޑިމޮކްރަޓުންގެ ހިޖުރަކުރުމާ ދެކޮޅު ކަނާތު ފިޔައިގެ ޕާޓީ ހިމެނޭ ގޮތަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި ބަޖެޓަށް ރިކްސްޑަގްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ތާއީދުކޮށް ވޯޓު ދީފައެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެޑަރސަން ވިދާޅުވީ، އެއް ޕާޓީއެއްގެ ސަރުކާރެއްގެ އެންމެ އިސްވެރިޔާގެ މަގާމަށް ބޮޑުވަޒީރު އަލުން އައްޔަން ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
“ބޮޑުވަޒީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކުން އެކަހެރިވުމަށް ސްޕީކަރަށް އަޅުގަނޑު ވާނީ ދަންނަވާފައި،” މީޑިއާ ކޮންފަރެންސެއްގައި އެޑަސަން ވިދާޅުވި އެވެ. “އަޅުގަނޑު މިހުރީ އެއް ޕާޓީއެއްގައި، ސޯޝަލް ޑިމޮކްރެޓިކް ސަރުކާރެއްގައި ބޮޑުވަޒީރުކަން ކުރަން ތައްޔާރަށް.”
ގްރީން ޕާޓީއާއި ސޯޝަލިސްޓް ލެފްޓް ޕާޓީންވެސް ބުނެފައިވަނީ، އެކަމަނާގެ ކުރިން ހުންނެވި ސްޓެފަން ލޯފްވެންގެ ދައުރުގައި ހަތް އަހަރު ވަންދެން މާލީ ވަޒީރުކަން ކުރެއްވި އެންޑަސަން އަލުން އެމަގާމަށް އައްޔަން ކުރުމަށް ތާއީދު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ސްވިޑެންގެ ސެންޓާ ޕާޓީން ބުނީ އެ ޕާޓީން ވަކިވާނެ ކަމަށާއި، އޭގެ ސަބަބުން އެޑަސަންއަށް އަނެއްކާވެސް އެންމެ މަތީ ވަޒީފާ ލިބުމުގެ މަގު ފަހިވެގެންދާ ކަމަށެވެ.
ބައިބައިވެފައިވާ ސިޔާސީ މަސްރަހުގައި ބަޖެޓް ބިލެއް ފާސްކުރުމަށް ޕާޓީތަކަށް ނުކުޅެދިފައިވީ ނަމަވެސް، ފެންނަނީ ސްވިޑަން ޑިމޮކްރަޓުންނަށް ސަރުކާރުގައި ދައުރެއް ނުދިނުމުގެ މަގްސަދުގައި އެއްބައިވަންތަކަން ދައްކުވައިދޭ މަންޒަރެވެ.
“އަޅުގަނޑުމެން މިހާރު އަނެއްކާވެސް މި ބަލަނީ ސްވިޑަންއަށް [ސްވިޑެން ޑިމޮކްރެޓުންނަށް] ބަރޯސާ ނުވާ ސަރުކާރެއް ގެނެވިދާނެ ކަމަށް،” އެކަމަނާ އިތުރަށް ވިދާޅުވި އެވެ.
ޕާލަމެންޓްގެ ރައީސް އެންޑްރިއާސް ނޮލެން އާ ސަރުކާރެއް އެކުލަވާލުމަށް ދެން އަޅާނެ ފިޔަވަޅަކީ ކޮބައިކަން ބުރާސްފަތި ދުވަހު އިޢްލާން ކުރައްވާނެ ކަމަށް ބެލެވެއެވެ.


