ޚަބަރު މަރު ކޮމިޝަނާއި، އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމަށް އާދަމް ޝަރީފް ގޮވާލައްވައިފި

މަރު ކޮމިޝަނާއި، އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމަށް އާދަމް ޝަރީފް ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވައްކަމާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނާއި، ގެއްލުވާލައިފައިވާ މީހުންނާޢި، މަރާލައިފައިވާ މީހުންގެ ކަންތައްތައް ބެލުމަށް އުފެއްދެވި މަރު ކޮމިޝަން އުވާލުމަށް ކުރީގެ ޑިފެންސް މިނިސްޓަރ، އަދި އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ދައުލަތުގެ ބަޖެޓުން ކުރަނީ ބޭކާރު ޚަރަދުތަކެއް ކަމަށާއި، އެ ކޮމިޝަންތައް އުވައިލަންޖެހޭ ކަމަށެވެ.

ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް މިހާރަށްވުރެ ކުޑަކުރަން ޖެހޭކަން ފާހަގަކުރަށްވަމުން މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކުން އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ ކަމަށެވެ. އަދި ރާއްޖޭގައި ރަނގަޅު މިނިވަން މުއައްސަސާތައް އެބަހުރިކަމަށާއި މަސައްކަތްތައް އެ ކޮމިޝަންތަކަށް ޙަވާލުކުރުމަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

“ކޮމިޝަންތަކަށް ކުރާ ޚަރަދަކީ ބޭކާރު ޚަރަދުތައް. ރާއްޖޭގައި މިއަދު އެބަހުރި މުއައްސަސާތައް ޤާއިމުކުރެވިފައި ރަނގަޅަށް ނަތީޖާ ނެރެވޭނެ. އެތަންތަން އެކައުންޓަބަލްކޮށް ޒިންމާ ހަވާލުކޮށް އެ ކޮމިޝަންތައް އުވައިލުމަކީ ޚަރަދު ކުޑަކުރެވޭނެ ގޮތެއް.” އާދަމް ޝަރީފް މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ.

މީގެ ކުރިންވެސް އާދަމް ޝަރީފް ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުގެ އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ ފައިސާ އިސްރާފުނުކޮށް، ކޮމިޝަން އުވާލުމަށްވެސް ގޮވާލައްވާފައެވެ.

ޓެގް

ރިޔާސީ ކޮމިޝަން އާދަމް ޝަރީފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.