ޓެކްނޮލޮޖީ

ސްނެޕްޗެޓްގައި ބޫމަރޭންގް ހަދާނީ ކިހިނެތް؟

ސޯޝަލް މީޑިއާ ވާދަވެރިކަމުގެ ތެރޭގައި ސްނެޕްޗެޓްގެ ކުޅަދާނަކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ފެންނާން އެބަ އޮތެވެ. އޭގެ އެންމެ ވަރުގަދަ ސަބަބަކީ އެ މީހުން އަބަދު ވެސް އާ ފީޗާސްތައް އިތުރުކޮށްފައި ހުރުމެވެ. ބައުންސް، ބޫމަރޭންގް ފަދަ ފީޗާތައް ކާމިޔާބުކަމާއެކު މި ޕްލެޓްފޯމްގައި ބޭނުންކޮށްގެން ވަރަށް ގިނަ ޔޫޒަރުންނަށް ހިތްގައިމުކަން ވަނީ ހޯދައިދީފައެވެ.

އެންމެ މަގުބޫލު އެއް ފީޗާގެ ގޮތުގައި ސްނެޕްޗެޓްގައި ހިމެނޭ ބައުންސް ގެ ސަބަބުން ސްނެޕްޗެޓް ގެ މަޤްބޫލުކަން އިތުރު ވެގެން ދެއެވެ. އިންސްޓަގްރާމްގެ ބޫމަރޭންގް ފަދަ އެއްގޮތް ސިފަތަކާ އެކު، ސްނެޕްޗެޓްގެ ޕްލެޓްފޯމަކީވެސް ހިތްހަމަ ޖައްސާލާ އަރާމު ކޮށްލަން ބޭނުންކުރާ އެޕަކަށް ހެދިދާނެއެވެ. ސްނެޕްޗެޓްގެ ބައުންސް އާއި އެ ބައުންސް ބޭނުން ކުރާނެ ގޮތް ތިރީގައި އެވަނީ އެވެ.

ބައުންސް، ބޫމަރޭންގެ ގެ ސްނެޕްޗެޓްގެ ވާޝަން :

މީގެ އަހަރުތަކެއް ކުރިން އިންސްޓަގްރާމް އާއި ފޭސްބުކް އިން ވަނީ ސްނެޕްޗެޓްގެ ސްޓޯރީސް ކޮޕީކޮށްފައެވެ. އަދި އެއީ އެމީހުންގެ އާ ފީޗާސްތަކެއް ކަމަށްވަނީ ބުނެފައެވެ.  އޭގެ ދެ އަހަރު ފަހުން ސްނެޕްޗެޓް އިން ވެސް ހަމަ އެގޮތަށް އިންސްޓަގްރާމްގެ ބޫމަރޭންގް “ބައުންސް” ގެ ނަމުން މަޝްހޫރުވެފައިވާ ބޫމަރޭންގް ކޮޕީ ކުރިއެވެ. ޝައްކެއްވެސް ނެތް ގޮތުގައި މި ފީޗާރ މިހާރު މަޝްހޫރުވެފައިވަނީ ސްނެޕްޗެޓްގެ ބޫމަރޭންގްގެ ވާޝަންގެ ގޮތުގައެވެ.

އެކަމަކު އަސްލު ބައުންސް އާއި ބޫމަރޭންގް ގައި ތަފާތު ކަންތައް ތަކެއް ވެއެވެ. އެ ދޭތީގެ  އެއްގޮތްކަމަކީ ބޫމަރޭންގް އާއި ބައުންސް ދޭތިންވެސް ލޫޕް އޮޕްޝަން ބޭނުންކޮށް، ތަކުރާރުކޮށް ޕްލޭކޮށްލުމުގެ ފުރުސަތު ދޭކަމެވެ. ބޫމަރޭންގް ކުރު ވީޑިއޯއެއް ރެކޯޑް ކުރުމުގެ ފުރުސަތު ދޭއިރު، ބައުންސް ގެ ސަބަބުން ދިގު ވީޑިއޯ ސްނެޕް އެއް ހެދުމަށް މަގުފަހިވެގެން ދެއެވެ.

ވީޑިއޯއެއް ރެކޯޑް ކުރުމަށްފަހު ބައުންސް ސްލައިޑަރެއް ގެނެސްދޭ އިންފިނިޓީ އައިކަން އަށް ޓެޕް ކުރެވިދާނެ އެވެ. މި ސްލައިޑަރ ބޭނުންކޮށްގެން ލޫޕްގެ ފެށުމާއި ނިމުން ސެޓް ކުރެވިދާނެއެވެ. އެއީ އާންމު ގޮތެއްގައި ވީޑިއޯގެ ގާތްގަނޑަކަށް 1 ސިކުންތާ ގާތްކުރާ މިންވަރެއްގެ ވަގުތުކޮޅެކެވެ. އެހެންވީމަ ބައުންސް އަކީ އެއަށް ވުރެ ދިގު ވީޑިއޯއެއްގައި ބޫމަރޭންގް އެއް ކަހަލަ ކަމެކޭ ބުނެވިދާނެއެވެ.

ބައުންސް އާ އެކު، ވަރަށް ފަސޭހައިން ވީޑިއޯ ލޫޕްކޮށް، ވަކި ބައެއް ގިނަ ފަހަރު ޕްލޭ ކުރެވިދާނެ އެވެ. މި ފީޗާއަކީ ވަކި ހިސާބަކުން ހައިލައިޓް ބޭނުންވާ މުނިފޫހިފިލުވުމުގެ މޮމެންޓްސް ނުވަތަ ކޮންމެ ވީޑިއޯއެއްވެސް ހިއްސާކޮށްލަން ވަރަށް ރަނގަޅު ފީޗާއެކެވެ.

ސްނެޕްޗެޓްގައި ބައުންސް ހަދާނީ ކިހިނެތް؟

ބޫމަރޭންގްގެ ސްނެޕްޗެޓްގެ ވާޝަން އެއް ހެދުމަކީ ވަރަށް އާދައިގެ އަދި ފަސޭހަ ކަމެކެވެ. މީގެ އިތުރުން އިންސްޓަގްރާމްގައި ބޫމަރޭންގް އަށް އަހުލުވެރިވެފައިވާ ނަމަ މި ފީޗާ ބޭނުން ކުރުމުގައި ދަތިތަކެއް ނުފެންނާނެ އެވެ. ވީޑިއޯ އެއް ރިކޯޑް ކޮށްގެން ފަށައިގަނެވިދާނެ ދެން ވީޑިއޯގެ ތެރޭގައި ބައުންސް އެއް އުފެއްދުމަށް އިންފިނިޓީ ލޫޕް ޓެޕް ކޮށްލާށެވެ.

އެކަމަކު ސްނެޕްޗެޓްގައި ބައުންސް ސެޓް ކުރުމުގެ ކުރިން، އެޕް އަޕްޑޭޓް ކުރަން ޖެހިދާނެ އެވެ. ވަރަށް ގިނަ ހާލަތްތަކުގައި ޔޫޒަރުންނަށް ބައުންސް ބޭނުން ނުކުރެވެނީ އެމީހުންގެ އެޕްތަކަކީ ފަހުގެ އަޕްޑޭޓް ނުކުރާ އެޕްތަކަކަށް ވާތީ އެވެ. މި އަޕްޑޭޓްތަކުގެ ސަބަބުން ބައުންސް ހިމެނޭ ގޮތަށް އެންމެ ފަހުގެ ހުރިހާ ފީޗާސްތަކެއް ލިބޭނެ އެވެ.

އެޕް އަޕްޑޭޓް ވުމުން ބައުންސް ހަދަން ފެށޭނެ އެވެ.

ސްނެޕްޗެޓްގައި ބޫމަރޭންގް ހަދާނީ ކިހިނެތް؟.

ތިބާގެ ބައުންސް ކަސްޓަމައިޒް ކުރާނެ ގޮތް.

  • ސްނެޕްޗެޓް އެޕް ހޯމް ސްކްރީނުގައި ލޯންޗް ކޮށްލާށެވެ.
  • ކެމެރާ ބަޓަން އަށް ފިތާލާށެވެ. ސްކްރީންގެ ތިރީ ސެންޓުގައި ކެޕްޗާ ބަޓަން ފެންނާނެ އެވެ.

  • ވީޑިއޯ ސްނެޕް ރެކޯޑް ކުރުމަށް މި ކެޕްޗަރ ބަޓަން އަށް ފިތާލާ ހިފަހައްޓަވާށެވެ. ރިކޯޑިން ގ ނިންމާލުމަށް ބަޓަން ދޫކޮށްލާށެވެ.
  • ރެކޯޑްކުރި ވީޑިއޯ ރަނގަޅު ނަމަ ބައުންސް ހަދަން ފަށާށެވެ. ޑިސްޕްލޭގެ ކަނާތު ޕެނަލްގައި އިންފިނިޓީ ލޫޕް އައިކަންއަށް ޓެޕް ކޮށްލާށެވެ.
  • މި އެކްޝަންގެ ސަބަބުން ބައުންސް ބެހެއްޓުމަށް ސްލައިޑަރެއް ގެނެސްދޭނެ އެވެ. ސްލައިޑަރ މޫވްކޮށްގެން ވަކި ބައެއް އިޚްތިޔާރުކުރާށެވެ. ވާތްފަރާތަށް ގެންދިއުމުން ވީޑިއޯގެ ފެށުން ބައުންސް ވާނެއެވެ.

  • ރަނގަޅު ބައި ފެނުމާއެކު، ޕްރިވިއު ބައްލަވާލައްވާށެވެ. އެބައި ބަދަލުކޮށްލާ، އެބައި ރަނގަޅު ނަމަ ކުރިއަށް ދާށެވެ.
  • ދެން ރަހުމަތްތެރިންނާ އެކު ލޫޕް ޝެއާ ކޮށްލާށެވެ. ސްކްރީންގެ ތިރީ ކަނާތް ފަރާތުގައި ހުދު ކުލައިގެ އާރޯ އައިކަން ޓެޕް ކޮށްލާށެވެ.
  • ސްނެޕްޗެޓް ސްޓޯރީއަށް ލޫޕް އެޑް ކޮށްލާ ނުވަތަ ރަހުމަތްތެރިންނާ ހިއްސާ ކޮށްލާށެވެ. ސްޓޯރީގައި ޝެއާ ކުރަން އިހްތިޔާރު ކުރާނަމަ 24 ގަޑިއިރު ފަހުން އެ ސްޓޯރީ ފިލާނެކަން ހަދާން ކުރާށެވެ.
  • އެއީ ސްނެޕްޗެޓްގައި ބައުންސް އެއް ހަދާލެވޭނެ ގޮތެވެ. މިފަދަ ފީޗާއެއް އިންސްޓަގްރާމާއި ފޭސްބުކްގައި މިހާރުވެސް ލިބެން ހުރި ނަމަވެސް، ސްނެޕްޗެޓް ގައި ވަރަށް ތަފާތެވެ. ސްނެޕްޗެޓް ބޭނުންކުރާ ފަރާތްތަކަށް މިއީ ވަރަށް ހިތްގައިމް ފީޗަރ އެކޭ ބުނެވިދާނެއެވެ.

ކަސްޓަމައިޒް ކުރުމުގެ އޮޕްޝަންތަކާއެކު ބައުންސް އިތުރަށް ރީތި ކޮށްލާށެވެ. އެހެން ސްނެޕް ވީޑިއޯތަކެކޭ އެއްފަދައިން، ފަސޭހަކަމާއެކު ސްޓިކާ، ޓެކްސްޓް، އަދި ވީޑިއޯގެ ލިންކްތައްވެސް އެޑްކޮށްލެވޭނެއެވެ. ކަސްޓަމައިޒޭޝަން ހުރިހާ އޮޕްޝަންތައް ބައުންސް ސްކްރީންގެ ކަނާތު ޕެނަލްގައި ލިބެން ހުންނާނެއެވެ.

ޓެކްސްޓް އިތުރުކުރަން ބޭނުންނަމަ، ހަމައެކަނި ޓީ އައިކަން އަށް ޓެޕްކޮށް، މެސެޖް ޓައިޕްކުރަން ފަށާށެވެ. ޕެން އައިކަން ބޭނުންކޮށްގެން ބޭނުން އެއްޗެއް ލިޔެ އެޑިޓްކުރެވިދާނެއެވެ. ސްޓިކާތަކުގެ ސަބަބުން ބައުންސް އަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ހީވާނަމަ، ސްޓީކީ ނޯޓް އައިކަން އަށް ޓެޕް ކޮށްލާށެވެ.

މި ފީޗަރ ލިބޭނީ ހަމައެކަނި އައިއޯއެސް އަށެވެ.

އެންޑްރޮއިޑް ބޭނުންކުރާ މީހުންނަށް މި ފީޗާ އަދި ލިބޭކަށް ނެތެވެ.  އެންޑްރޮއިޑް ޑިވައިސްތަކުގައި ސްނެޕްޗެޓް ޓޫލްތަކުގެ ތެރެއިން ލިބެންނެތި ހައެކަނި ބައުންސް ޓޫލެވެ. މިއީ މިހާތަނަށް އައިއޯއެސް އަށް ހާއްސަ ފީޗާއަކަށް ވާތީ އެންޑްރޮއިޑް ބޭނުންކުރާ މީހުންނަށް ވީޑިއޯތަކުގައި ލޫޕް ކޮށްލަން ޖެހޭނީ އެހެން ގޮތެއް ހޯދާށެވެ. އެއީ ފަހަރެއްގައި ތާޑްޕާޓީ އެޕްކަށްވެސް ވެދާނެއެވެ.

އެންޑްރޮއިޑްގައި ބައުންސް ފީޗަރ ނެތުމުން ، ލޫޕް ވީޑިއޯއެއް އުފެއްދުމަށް އިންސްޓަގްރާމް ބޭނުން ކުރެވިދާނެ އެވެ. ތަންކޮޅެއް ތަފާތު ނަމަވެސް، ސްނެޕްޗެޓްގައި ލޫޕް އެއް ޕޯސްޓް ކުރުމަށް ބޭނުންނަމަ މިއީ ރަނގަޅު އޮޕްޝަނެކެވެ. އެގޮތަށް ހަދަން ބޭނުންނަމަ ހަމައެކަނި އިންސްޓަގްރާމްގައި ބޫމަރޭންގް އެއް ހަދާ، ވީޑިއޯ ސޭވްކޮށް ސްނެޕްޗެޓް އަށް އަޕްލޯޑް ކޮށްލާށެވެ.

ސްނެޕްޗެޓްގައި ބައުންސް / ބޫމަރޭންގްގެ ބަދަލުގައި.

އެންޑްރޮއިޑް ބޭނުން ކުރިޔަސް ނުވަތަ އައިއޯއެސް އިން ބައުންސް އަށް ސަޕޯޓް ނުކުރާ ކަމުގައި ވިޔަސް، ތިބާގެ ވިސްނުން ގެންގުޅެން ޖެހޭ ގިނަ ގޮތްތަކެއް އެބަހުއްޓެވެ. މި އޮޕްޝަންތަކުގެ ސަބަބުން ބައުންސް އާ ނުލައި ވީޑިއޯގައި ލޫޕް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ތިރީގައި މިވާ އޮލްޓަނޭޓިވްސް ތަކަށް ރަނގަޅަށް ބަލާލަމާ ހިނގާށެވެ.

  1. ރެގިއުލަރ ލޫޕް.

ސްނެޕްޗެޓް ބޭނުންކުރާ ފަރާތްތަކަށް ރެގިއުލާ ލޫޕް އޮޕްޝަންގެ ބޭނުން ހިފައި، ރީތި ވީޑިއޯއެއް ތައްޔާރުކޮށްލެވިދާނެ އެވެ. ބައުންސް ލޯންޗް ކުރުމުގެ މާ ގިނަ ދުވަސްތަކެއް ކުރިންވެސް ސްނެޕްޗެޓްގައި މި ފީޗާ ލިބެން ހުރެ އެވެ. މި އޯލްޓަރނޭޓިވްގެ އެހީގައި ވީޑިއޯއެއް ލޫޕް ކުރެވިދާނެއެވެ.

މި ފީޗާ ބޭނުން ކުރާނެ ގޮތް ވަރަށް ސިމްޕަލް އެވެ. އިންފިނިޓީ އައިކަންގައި ދެ ފަހަރު ޓެޕް ކޮށްލުމަށްފަހު ރެގިއުލާ ލޫޕް އެކްޓިވޭޓް ކުރާށެވެ. މިހާރު މި ވީޑިއޯ އިތުރަށް އިމްޕްރެސިވް ކޮށްލެވިދާނެ އެވެ.

2. ލިމިޓެޑް ސްނެޕްސް.

ބައުންސް ގެ އިތުރުން ، ލޫޕިންގް އޮޕްޝަނަކީ ލިމިޓެޑް ސްނެޕް އެވެ. ރެގިއުލަރ ލޫޕް އެކޭ އެއްފަދައިން، ބައުންސްގެ ކުރިން ލިމިޓެޑް ސްނެޕްސް މިހާރުވެސް ލިބެން ހުރެއެވެ. އިންފިނިޓީ އައިކަން އަށް ޓެޕް ކޮށްގެން އެކަން ކުރެވޭނެ އެވެ. މިކަމުގެ ސަބަބުން އެއްފަހަރަށްވުރެ ގިނަފަހަރު ނުވަތަ އެއްވެސް ލިމިޓެއް ނެތި ބައިވަރު ފަހަރު ސްނެޕްތައް ބަލައިލުމުގެ ފުރުސަތު ލިބިގެންދެއެވެ.

ބައުންސް އާ ދާދީ އެއްގޮތަށް ލިމިޓެޑް ސްނެޕްސް އިން ސްޓޯރީތައް ޕޯސްޓް ކުރާއިރު ނުވަތަ ރަހުމަތްތެރިންނަށް މެސެޖް ފޮނުވާއިރު ވަރަށް ތަފާތު ތަޖުރިބާއެއް ކުރެވެއެވެ. ބައުންސް ފީޗާ ތިބާގެ ޑިވައިސްގައި ނެތް ނަމަވެސް ވީޑިއޯއާއެކު މިފީޗަރ ކްރިއޭޓިވް ވާނެއެވެ.

އާދެ، ސްނެޕްޗެޓްގައި ބޫމަރޭންގް ހަދާނީ ކިހިނެތްކަން ނޭންގިގެން މިހާރު އުޅޭކަން ނުޖެހޭނެއެވެ. ހަމައެކަނި ކުރަން ވީ ކަމަކީ ވީޑިއޯ ސްނެޕް ރެކޯޑްކޮށް ބައުންސް ހެދުމެވެ. އެޕް އަޕްޑޭޓް ކުރަން ހަނދާން ނައްތާނުލާށެވެ. އެކަމަކު އެންޑްރޮއިޑް ޔޫޒާއެއް ނަމަ، އެކަމަށް މަގުފަހި ކުރެވިދާނެ ލޫޕް އޮލްޓަނޭޓިވްސް ތަކެއް އެބަހުއްޓެވެ. އަމިއްލައަށް ތަޖްރިބާ ކޮށްލާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close