ޚަބަރު

ބަޖެޓް ޑެފިސިޓް ނުވާނެހެން ޕީއެސްއައިޕީ މަޝްރޫއުތައް ރާވާފައި ހުރުން މުހިންމު – އޮޑިޓާ ޖެނެރަލް

އަންނަ އަހަރަށް ދައުލަތުން ލަފާކުރި ބަޖެޓުގެ ޑެފިސިޓް ބޮޑު ކަމަށާއި،

ބަޖެޓް ޑެފިސިޓް ނުވާނެހެން ޕީއެސްއައިޕީ މަޝްރޫއުތައް ރާވާފައި ހުރުން މުހިންމު ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒް ވިދާޅުވެއްޖެއެވެ. ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ލަފާ ދެއްވަމުން، ނިިޔާޒީ ވިދާޅުވީ އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާ ބަޖެޓް ކުރެވިފައިވާއިރު، 9.7 ބިލިއަން ރުފިޔާ ޑެފިސިޓްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން، ބޭރުގެ ކްރެޑިޓް ރޭޓިން އިދާރާތަކުން ރާއްޖޭގެ ރޭޓިން މަތި ކުރުމަކީ ހެޔޮ ފާލެއް ކަމަށް ފާހަގަ ކުރައްވާ ނިޔާޒީ ވިދާޅުވީ، އެއީ ބަޖެޓު މެނޭޖުކުރަން ލިބޭނެ ފުރުސަތެއް ކަމަށާއި، ސުކޫކާއި ބޮންޑު ވިއްކާއިރު ރޭޓިން ރަނގަޅުވެފައި ހުރުން މުހިންމު ކަމަށެވެ.

އަދި ބަޖެޓް ޑެފިސިޓް ނުވާނެހެން ޕީއެސްއައިޕީ މަޝްރޫއުތައް ރާވާފައި ހުރުން މުހިންމު ކަމަށްވެސް ނިޔާޒީ ފާހަގަ ކުރެއްވިއެވެ.

“ހާއްސަކޮށް ހިލޭ އެހީއާ އާމްދަނީއާ އަދި މި އެކްސްޕެންޑީޗާގެ ކަންކަން ހަރަދު ކުރުމަށްޓަކައި ގެންނަ ރިފޯމްސްތައް. އެކަންކަން ރިއަލައިޒްވާ ކުރުމަށްޓަކައި ކަންކަން ގެންދިއުން ވަރަށް މުހިންމު.” ނިޔާޒް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close