ނަރަވެލި

ތިޔައީ ވަރަށް ބިޒީ ޓީޗަރެއްތޯ؟ މިއޮތީ ތިބާގެ ބިޒީކަން ފިލުވާލުމަށް އެހީއެއް!

ގިނަ ޓީޗަރުންނަކީ މަސައްކަތުގެ މާހައުލުގައި ކިޔަވައިދިނުމުގެ މަސައްކަތުގެ އިތުރުން ކޯކަރިކިއުލަރ އެތައް މަސައްކަތްތަކެއް ކުރަންޖެހިފައިވާ ވަރަށް ބިޒީ ޝެޑިއުލެއްގެ ތެރޭގައި އަބަދުހެން އުޅެންޖެހިފައިވާ ބޭފުޅުންނެވެ. އެހެންކަމުން ކްލާސްރޫމްތަކަށް ކިޔަވައިދިނުމަށް ވެދެވަޑައިގަންނަވާއިރު ގިނަ ފަހަރު އެންމެއެކަށީގެންވާ ގޮތުގައި ފިލާވަޅަށް ތައްޔާރުވެވިފައެއް ނުހުރެއެވެ. މި ލިޔުމަކީ އެފަދަ ބޭފުޅުންނަށް ފޯރުކޮށްދެވޭ އެހީތެރިކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.  

އޮންލައިންކޮށް ގިނަ ވަސީލަތްތަކެއް ލިބެން ހުއްޓަސް އެފަދަ ވަސީލަތްތަކުގެ ސަބަބުން ޓީޗަރުންނަށް ބައެއް ފަހަރު މާޔޫސްކަން އިހްސާސް ވެދާނެ އެވެ. ކްލާހުގައި ބޭނުންކުރުމަށް ބޭނުންވާ ސާމާނު ތައް ހޯދާ ޑައުންލޯޑް ކުރުމަށް ގިނަ ވަގުތު ތަކެއް ހޭދަވެދާނެއެވެ. އެއީ މިހާރުވެސް ވަރަށް ބިޒީކޮށް ބުރަކޮށް އުޅޭ ޓީޗަރުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

މިކަމަށް ހައްލެއް ހޯދުމަށްޓަކައި، މުދައްރިސުންގެ ވަގުތާއި ވަޞީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެހީތެރިވެދިނުމުގެ ގޮތުން، ތަޢުލީމީ ކޮންޓެންޓްގެ ތަފާތު ބާވަތްތަކުގެ މެޓީރިއަލް ފޯރުކޮށްދޭ ވެބްސައިޓްތައް އެނގިފައި ހުރުން މުހިންމެވެ.  ހިލޭ އެފަދަ މެޓީރިއަލްތައް ލިބޭގޮތަށް ތައްޔާރުކޮށްފައިވާ ބައެއް ވެބްސައިޓްތަކަކީ، އޭގެ ތެރެއިން ގިނަ ކޮންޓެންޓް ތައް އުފައްދައި، އެ ކޮންޓެންޓްތައް މުދައްރިސުންނާއި ޙިއްޞާކުރާ ވެބްސައިޓްތަކެވެ.

ރެޑީ މޭޑް ލެސަން ޕްލޭންތަކާއި ސްޓަޑީ ގައިޑުން ފެށިގެން ޕްރެކްޓިސް ތަކާއި އެޑްޓެކް ޓޫލްތައް ޕްރެކްޓިސް ކުރުމަށް، ތިރީގައިވާ ވެބްސައިޓްތަކުން، ތިބާގެ އުގެނުން/ އުނގަންނައިދިނުން އިތުރަށް ހަރުދަނާކޮށް ޕްރޮފެޝަނަލްގޮތެއްގައި ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެއެވެ. އަދި މި މަސައްކަތް ޕީޑީއެފް ފޯމެޓުގައި ހިލޭ ޑައުންލޯޑް ވެސް ކުރެވެ އެވެ.

މިދެންނެވި އުޞޫލުން ތިބާގެ އަމިއްލައަށް ތިރީގައިވާ ވެބްސައިޓްތައް ތަޖްރިބާ ކޮށްލައްވާށެވެ.

1- ޚާން އެކަޑަމީ

ޚާން އެކަޑަމީއަކީ ހިސާބު، ކެމިސްޓްރީ، ފިޒިކްސް، ސައިންސް، އާޓްސް، ހިއުމެނިޓީސް އަދި މިނޫންވެސް ތަފާތު މާއްދާތައް ހިމެނޭ ގޮތަށް އިންސްޓްރަކްޝަނަލް ވީޑިއޯ އަދި ޕްރެކްޓިސް އެކްސަސައިޒްތަކުގެ ސިފައިގައި ހިލޭ އެޑިޔުކޭޝަނަލް ކޮންޓެންޓް ފޯރުކޮށްދޭ އެކަޑަމީއެކެވެ.

2-ރީޑްރައިޓްތިންކް

ރީޑްރައިޓްތިންކް އަކީ ކްލާސްރޫމް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ރިސޯސަސްގެ ތަފާތު ބާވަތްތައް ލިބޭ ތަނެކެވެ. އޭގެ ތެރޭގައި ސްޓޫޑެންޓް އިންޓަރެކްޓިވްސް، ލެސަން ޕްލޭންސް، ޕްރިންޓްއައުޓްސް، މޯބައިލް އެޕް، ސްޓްރެޓެޖީ ގައިޑްސް، ފަދަ ކަންކަން ހިމެނެއެވެ.

3- ކޮމަން ސެންސް މީޑިއާ

މިއީ ތައުލީމީ އާލާތްތަކާއި މޯބައިލް އެޕްތަކުގެ ތަކުގެ އިތުރުން ޓީޗަރުންގެ އުފެއްދުންތަކާއި، ރިވިއުތަކާއި، ރެޑީ މޭޑް ލެސަން ޕްލޭންތަކާއި، ވެބިނާތަކާއި، ވީޑިއޯތަކާއި، އެނޫންވެސް ގިނަ ވަސީލަތްތަކަށް އެކްސެސް ވެވޭނެ ޕްލެޓްފޯމެކެވެ.

4- ސީ.ކޭ-12

ސީކޭ-12 އަކީ ފިލާވަޅުތަކާއި، ހަރަކާތްތަކާއި، ސްޓަޑީ ގައިޑުންނާއި، ޕްރެކްޓިސް އެކްސަސައިޒްތައް ހިމެނޭ ގޮތަށް ޓީޗަރ އެކިއުރޭޓެޑް ސްޓެމް ކޮންޓެންޓް ފޯރުކޮށްދޭ ކޮންޓެންޓެކެވެ.

5- ސްމިތްސޯސޯ

ސްމިތްސޯނިއަން ލަރނިންގ ލެބްގެ ސަބަބުން އުނގަންނައިދޭ ފަރާތްތަކަށް މެޓީރިއަލްސް އާއި އާލާތްތައް ބޭނުންކޮށްގެން އުނގަންނައިދޭ ފަރާތްތައް ޕާސަނަލައިޒްކޮށް، އާ ޚިޔާލުތައް އުފައްދައި، ވަޞީލަތްތައް ހޯދުމާއި، ތަޢުލީމީ ކޮންޓެންޓްގެ އެކްސެސް ކަލެކްޝަންތައް ހޯދުމާއި، މާނަހުރި ތަޢުލީމީ ވިއުގަތައް ބިނާކުރުމަށް ބާރުލިބިގެންދެއެވެ.

6- އޯ.އީ.އާރު ކޮމަންސް

އޯޕަން އެޑިޔުކޭޝަނަލް ރިސޯސަސް އަކީ އޯޕަން އެޑިޔުކޭޝަނަލް ކޮންޓެންޓްގެ ޕަބްލިކް ޑިޖިޓަލް ލައިބްރަރީއެކެވެ.

7- ޑިސްކަވަރީ އެޑިޔުކޭޝަން

ޑިސްކަވަރީ އެޑިޔުކޭޝަނަކީ ދަރިވަރުންގެ ވިސްނުމުގެ ހުނަރު އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި، މުދައްރިސުންގެ ޕްރޮފެޝަނަލް ޕްރެކްޓިސް ކުރިއެރުވުމަށް އެހީތެރިވެދިނުމުގެ ގޮތުން ގުޅިގެން އުނގެނުމުގެ ތަޖުރިބާތައް ކުރުމަށް ހުރި ފުރުސަތުތަކުގެ ތެރެއިން ސްޓޭންޑަޑްސް އެލައިންޑް ރިސޯސަސް ފޯރުކޮށްދޭ އެޑިޔުކޭޝަނަލް ޕްލެޓް ފޯމެކެވެ.

8- ޓެޑް އެޑް

ޓެޑް އެޑް އަކީ މުދައްރިސުންނާއި، ދަރިވަރުންނަށް އިންޓަރެކްޓިވް ވީޑިއޯ ފިލާވަޅުތައް ހޯދައި، އެ ފިލާވަޅުތައް އުފެއްދުމަށް އެހީތެރިވެދިނުމުގެ ގޮތުން ޓެޑްގެ ފަރާތުން ހިންގާ އެޑިއުކޭޝަން އިނީޝިއޭޓިވްއެކެވެ.

9- އެޑްޝެލްފް

މިއީ ‘ވެބްސައިޓް، މޯބައިލް އެޕް، ޑެސްކްޓޮޕް ޕްރޮގްރާމް، އަދި އުނގެނުމަށާއި އުނގަންނައިދިނުމަށް އުފައްދާފައިވާ އިލެކްޓްރޯނިކް ޕްރޮޑަކްޓްތަކުގެ ސޯޝަލް-ކިއުރޭޓެޑް ޑިސްކަވަރީ އިންޖީނެކެވެ.

10- ސިމްބާލޫ އީޑީޔޫ

‘ސިމްބާލޫއީޑޫ އަކީ ވިޝުއަލް ރިސޯސް މެނޭޖްމަންޓް ޓޫލް ގެ ސަބަބުން މުދައްރިސުންނާއި ދަރިވަރުންނަށް ވެބްގެ މޮޅު ކަން އޯގަނައިޒްކޮށް ހިއްސާކުރުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. ބޭނުން ކުރާ މީހުން އެމީހުންގެ ވަސީލަތްތައް ކްލައުޑްގައި ސޭވްކޮށް ކޮންމެ ޑިވައިސްއަކާ އެކުވެސް ކޮންމެ ތާކު ހުރެގެން ވެސް އެކްސެސް ކުރެވޭ ޕްލެޓް ފޯމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close