ޚަބަރު ހެޔޮލަފާ މުޖުތަމަޢެއް ބިނާ ކުރުމަށް ޚުޠުބާގައި ގޮވާލައިފި

ހެޔޮލަފާ މުޖުތަމަޢެއް ބިނާ ކުރުމަށް ޚުޠުބާގައި ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ހެޔޮލަފާ މުޖުތަމަޢެއް ބިނާ ކުރުމަށް މިއަދުގެ ޚުޠުބާގައި ގޮވާލައިފިއެވެ.

އެގޮތުން ރާއްޖޭގައި ހެޔޮލަފާ މުޖުތަމަޢެއް ބިނާ ކުރެވޭނީ ޢަދުލުވެރި ވެގެންނާއި، އިންޞާފު ޤާއިމު ކޮށްގެންނާއި ހެޔޮކަންކަމަށް އަމުރުކޮށްގެންނާއި ނުބައި ކަންތައްތައް ނަހީކޮށްގެން ކަމަށް ޚުޠުބާގައި ފާހަގަ ކުރިއެވެ.

މިއަދުގެ ޚުޠުބާގައިވަނީ ޒުވާނުންނަށް ޚާއްޞަ މެސެޖުތަކެއް ހަނދާން އައުކޮށްދީފައެވެ. އެގޮތުން ޒުވާނުންނަށް ވަރަށް ބޮޑަށް އަޅުކަންތައް ކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ޒުވާން ދައުރުގައި ކުރެވޭ އަޅުކަންތަކުގެ މާތްކަމާއި ޒުވާންކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މުހިއްމުކަމުގެ މައްޗަށްވަނީ ޤުރްއާނާއި މާތް ނަބިއްޔާގެ ޙަދީޘުން އަލިއަޅުވާލައިފައެވެ.

މިއަދުގެ ޚުޠުބާއި އިތުރަށް ބުނީ ގައިގައި ބާރުނެތް މީހަކު ކުރާ އަޅުކަމަށްވުރެ ގައިގައި ބާރު ހުރި ޒުވާނާ ކުރާ އަޅުކަންތައް ޚާއްޞަ ވެގެންދާނެކަމަށެވެ. އަދި ހަށިގަނޑުގެ ގޮތުން ބަލިކަށި މުއުމިނަކަށްވުރެ ގައިގައި ބާރު ހުރި މުއުމިނު ޒުވާނާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ ކަމަށެވެ.

މީގެ އިތުރުން އިސްލާމީ ޙުދޫދުގެ ތެރެއިން އުފާ ފައުޅުކޮށް އުޅުމަކީ އިސްލާމް ދީން ނަހީކުރާކަމެއް ނޫންކަމަށް ގޮވާލައްވައި އެކަންކަމަށްވަނީ ނަބިއްޔާގެ ސުންނަތުން ދަލީލު ދައްކަވާފައެވެ.

މިއަދުގެ ޚުޠުބާގައި އިތުރަށްބުނީ ކުށުގެ ތުހުމަތުވާ މީސްމީހުންގެ ވާހަކަތަކާއި އެމީހުންގެ އާއިލާތައް ބަދުނާމުވާފަދަ ވާހަކަތައް ސޯޝަލް މީޑިޔާފަދަ ތަންތަނުގައި ގެނެސްދިނުމަކީ އެއްވެސްޙާލެއްގައި ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި އެމީހުންނަށް ހެޔޮ ނަޞޭޙަތްތެރިވެ އެފަދަ މީހުންނަށް މަޢާފްދީ ހެޔޮމަގަށް ރުޖޫޢަވުމަށް އެއްބާރުލުން ދިނުމަކީ އިސްލާމީ ރިވެތި އުޞޫލުކަމަށެވެ.

ޓެގް

ހުކުރު ޚުޠުބާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.