ޚަބަރު ތޭރަ އަހަރު ކުއްޖާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި 17 އަހަރުގެ މީހާ ގޭ ބަންދަށް

ތޭރަ އަހަރު ކުއްޖާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި 17 އަހަރުގެ މީހާ ގޭ ބަންދަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އުމުރުން 13 އަހަރުގެ ކުޑަކުއްޖާ ރަހީނުކޮށް މަރާލި މައްސަލާގައި ދައުވާ ކޮށްފައިވާ ދެ މީހުންގެ ތެރެއިން 17 އަހަރުގެ މީހާ ގޭބަންދަށް ބަދަލުކޮށްފިއެވެ.

ރިޕޯރޓްތައް ބުނާ ގޮތުގައި އޭނާ ގޭބަންދަށް ބަދަލު ކުރަން ޖެހުނީ ޖުވެނައިލް ކޯޓުން މިދިޔަ ހަފުތާގައި ގޭބަންދަށް ބަދަލު ކުރަން އަމުރު ކުރުމާ ގުޅިގެންކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު މަޢުލޫމާތު ދިންކަމަށެވެ.

ޖުވެނައިލް ކޯޓުން އެ ގޮތަށް ނިންމީ ކުޑަކުދިން ބައިތިއްބަން އެކަށިގެންވާ ޖަލެއް ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީ) އިން ބުނުމުން އެ ކަމަށް ރިއާޔަތްކޮށްފައެވެ.

އެހެންވެ ކުޑަކުދިން ބޭތިއްބޭނެ ޖަލެއް ގާއިމް ކުރެވޭނެ މުއްދަތެއް އަންގއިދޭން ވެސް ހޯމް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ޕީޖީގެ އޮފިޝަލް ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅެމުން އަންނަ އެ ކުއްޖާ ގެއްލުނީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. އެ ކުއްޖާ ނުފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ ޖެހިގެން އައި އާދީއްތަ ދުވަހުއެވެ.

އެއާއެކު ފުލުހުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެ ކުއްޖާ ވަނީ ރަހީނު ކޮށްފައެވެ. ފުލުހުން ކުރި މަސައްކަތުން އެ ކުއްޖާ ފެނުނުއިރު އޮތީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މޫދުގައި ފޮއްޓަކަށް ލައި މަރާލައިފައެވެ.

މަރާލާފައިވާ އެކުއްޖާގެ ހަށިގަނޑު ފެނުނީ އާންމުންގެ މީހަކު، ހުޅުމާލެ ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެމީހާ ރިޕޯޓުކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެއެވެ.

ޓެގް

މަރުގެ ހާދިސާތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.