ޚަބަރު ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސާވަންޓެއް ރާއްޖޭގައި ހުންނާކަށް ނޭދެން – ރައީސް

ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސާވަންޓެއް ރާއްޖޭގައި ހުންނާކަށް ނޭދެން – ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސާވަންޓެއް ރާއްޖޭގައި ހުންނަން ބޭނުންފުޅު ނުވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިވިލް ސާވަންޓުންނަކީ އެމީހުން ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމި ހުރެވޭނެ މިނިވަނުން ކަމަށާއި އެއީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނު ކޮށްދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫން ކަމަށެވެ.

އަދި ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސާވަންޓެއް ރާއްޖޭގައި ހުންނަން އެމަނިކުފާނު ނޭދޭކަމަށާއި ސިޔާސީ ވަކި ކަމެއްގައި ނޫޅެގެން ސިވިލް ސާވަންޓުންނާމެދު ފިޔަވަޅު އެޅި އެކަހެރި ކުރެވި މަގާމުން ވަކި ކުރެވިގެން ނުވާނެކަމަށްވެސް ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސިވިލް ސާވަންޓުން ދެއްވާ ހިދުމަތުގައި ސިޔާސީ ފިކުރެއް، ކުލައެއް، ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެކަމަށާޢި ސިވިލްސާވަންޓުން ކުރައްވަން ޖެހޭނެހާވެެސް ކަމަކީ ސަރުކާރުގެ ވައުދުތަކާއި ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތްކަމަށެވެ

“ސިވިލް ސާވަންޓުންނަކީ އެމީހުން ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމި ހުރެވޭނެ މިނިވަނެއް އެއީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނު ކޮށްދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫން. ސިވިލް ސާވަންޓުން ދެއްވާ ހިދުމަތުގައި ސިޔާސީ ފިކުރެއް ކުލައެއް ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެ. ކުރައްވަން ޖެހޭނެ ހާވެެސް ކަމަކީ ސަރުކަރުގެ ވައުދުތަކާއި ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތް އެއީ ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ގައުމީ ހިދުމަތުގެ ފައުޖު” ރައީސް ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވި ނަމަވެސް ސިވިލް ސާވަންޓުން އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުން ވަނީ ފުރަތަމަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައި ސިވިލް ސާވަންޓުންގެ ގަވާއިދު ދާދިފަހުން ވަނީ އިސްލާހުކޮށްފައެވެ. އަދި ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުސްކުރުން ވަނީ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

ޓެގް

ޖުމުހޫރީދުވަސް ސިވިލްސާވަންޓް ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.