ޚަބަރު އެތައް މަހެއް ފަހުން އަފްޣާނިސްތާނުގެ ހެރަތު ގައި އަންހެން ކުދިންގެ ސްކޫލްތައް ހުޅުވައިފި

އެތައް މަހެއް ފަހުން އަފްޣާނިސްތާނުގެ ހެރަތު ގައި އަންހެން ކުދިންގެ ސްކޫލްތައް ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތާލިބާނުން އެ ގައުމުގެ ކޮންޓްރޯލް އަތުލިތާ ގާތްގަނޑަކަށް ތިން މަސް ދުވަސް ފަހުން އަފްޣާނިސްތާނުގެ ހެރަތު ގައި އަންހެން ކުދިންގެ ސްކޫލްތައް ހުޅުވައިފި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފިއެވެ.

ފާއިތުވެދިޔަ އެތައް މަހެއްގައި ހަމައެކަނި ގްރޭޑް 6 އާ ހަމައަށް އަންހެން ކުދިންނަށް ހުއްދަ ދީފައިވީނަމަވެސް މިހާރު ގްރޭޑް 7-12 ގެ އަންހެން ކުދިންނާއި ޒުވާން އަންހެނުންނަށް ހެރަތުގައި ސްކޫލަށް ވަނުމުގެ ހުއްދަ އޮންނަ ކަމަށް ޓީއޯއެލްއޯނިއުސް އިން ބުންޏެވެ.

އެއީ ހެރަތުގައި ހުންނަ އަންހެން ކުދިންގެ ސްކޫލްތަކުގެ އޮފިޝަލުންނާއި ތާލިބާނުންގެ ލޯކަލް އޮފިޝަލުންގެ މެދުގައި މަހެއްހާ ދުވަހު ކުރި މަޝްވަރާތަކަށް ފަހު އެވެ.

މި ނިންމުމާއެކު އިތުރު 3،00،000 އެއްހާ އަންހެން ކުދިންނަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.

މީގެ ކުރިން ގްރޭޑް 1 އިން 6 އަށް އަންހެން ކުދިން ސްކޫލަށް ދާ ކަމަށާއި ނަމަވެސް މިހާރު ގްރޭޑް 7 އިން 12 އަށް އަންހެން ކުދިން ވެސް ސްކޫލަށް ދާ ކަމަށް ކައުންސިލްގެ ވެރިޔާ މުހައްމަދު ސަބީރު ވިދާޅުވި އެވެ.

ސްކޫލްތައް އަލުން ހުޅުވުމާއެކު އަންހެން ދަރިވަރުން ވަނީ އެކަމާ އުފާ ފާޅުކޮށްފަ އެވެ.

ސްކޫލްތައް ބަންދުކޮށް ފިލާވަޅުތަކަށް ހާޒިރު ނުވެވުނު ދުވަސްވަރު، ވަރަށް ދެރަވޭ، ގްރޭޑް 11 ގެ ދަރިވަރެއް ކަމަށްވާ މައިސަރާ ވަފާ ބުންޏެވެ. ސްކޫލްތައް ހުޅުވުމާ އެކު އަޅުގަނޑުމެންނަށް އާ އުންމީދެއް ފެނިއްޖެ، މައިސަރާ މީޑިއާ އާ ހިއްސާކުރިއެވެ.

ޓެގް

ޠާލިބާން އަފްޣާނިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.