ޚަބަރު އިމްރާން ސޯޓެއް ތުރުކުރައްވައިގެން ޢާއްމުންގެ ތެރެއަށް ނުކުމެވަޑައިގަތުމުން ޑރ.އިޔާޒް ފާޑު ވިދާޅުވެއްޖެ

އިމްރާން ސޯޓެއް ތުރުކުރައްވައިގެން ޢާއްމުންގެ ތެރެއަށް ނުކުމެވަޑައިގަތުމުން ޑރ.އިޔާޒް ފާޑު ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަދާލަތު ޕާޓީގެ ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އައުރަ ކަކޫ ނިވާނުވާވަރުގެ ސޯޓެއް ތުރުކުރައްވައިގެން ޢާއްމުންގެ ތެރެއަށް ނިކުންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ޝަރުޢީ ކޮމިޓީގެ ޗީފް ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ފާޑު ވިދާޅުވެއްޖެއެވެ.

ޝައިޚް އިމްރާން، ކަކޫ ފެންނަ ސޯޓެއް ތުރުކުރައްވައިގެން ފުޓުބޯޅަ މެޗެއް ކުޅުއްވާ މަންޒަރު ފެންނަ ފޮޓޯއެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ޢާންމުވުމާއި ގުޅިގެން ޑރ.އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޢައުރަ ނިވާ ކުރުމަކީ ވަކި މީހަކު ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ.

އެއީ އެންމެންވެސް ކުރަންޖެހޭ ކަމެއްކަމަށާއި، ޚާއްޞަގޮތެއްގައި އެހެންމީހުންނަށް ނަމޫނާ އަކަށް ވާންޖެހޭ ޢިމްރާންމެން ފަދަ ބޭފުޅަކު ކަކޫ ފެންނަ ހެދުމެއްގައި ޢާއްމުންގެ ތެރެއަށް ނިކުންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ.

ޝައިޚް ޢިމްރާން އުތުރުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ވަނީ ކަކޫ ނިވައި ނުވާވަރުގެ ކުރު ސޯޓެއްލައިގެން އެކުވެރިކަމުގެ މެޗެއް ކުޅުއްވާފައެވެ. މި މެޗްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވެސް ވަނީ ކުޅުއްވާފައެވެ.

ޝައިޚް ޢިމްރާން އައުރަ ނިވާނުވާނުވާ ހެދުމެއްގައި ހުރުމުން ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ. އިމްރާނަށް ފާޑުކިޔުން އަމާޒުވީ ދީނީ އިލްމުވެރިއަކަށް ވެވަޑައިގެން ހުންނަވާ އެފަދަ ގޮތަކަށް އަމަލު ކުރެއްވުމުންނެވެ.

ޓެގް

ޑރ.އިޔާޟް އިމްރާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.