ޚަބަރު

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބަރުދަނުން 20 ކިލޯ ލުއިވެއްޖެ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބަރުދަނުން 20 ކިލޯ ލުއިވެއްޖެކަމަށް ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން ބުނެފިއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަށް ދާދި ފަހުން ގާތްގަނޑަކަށް 20 ކިލޯ (44 ޕައުންޑް) ގެއްލުނު ނަމަވެސް އޭނާ އަދިވެސް ހުންނެވީ ސިއްހަތު ރަނގަޅުކޮށް ކަމަށާއި އިގުތިސޯދީ މައްސަލަތައް އިތުރަށް ގޯސްވަމުންދާ މި ނާޒުކު ފައްތަރެއްގައި އޭނާ އަށް އާންމުންގެ އިޚްލާސްތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން ބުރާސްފަތި ދުވަހު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ހަވާލާދީ ބުނެފައި ވެއެވެ.

ނެޝަނަލް އިންޓެލިޖެންސް ސާވިސް އިން މި އެސެސްމަންޓް ދީފައިވަނީ ބަންދުކޮށްފައިވާ ޕާލިމެންޓަރީ ބްރީފިންއެއްގައި ކަމަށާއި، އެ އިދާރާއިން އާޓިފިޝަލް އިންޓެލިޖެންސް ޓެކްނީކްތަކާއި، ކިމްގެ ހާލަތު ބެލުމަށް ސުޕަ-ރިޒޮލިއުޝަން ވީޑިއޯއާއި، ކިމްގެ ހާލަތު ތަހްގީގު ކުރުމަށް އެހެން ގޮތްތައް ބޭނުންކޮށްފައިވާ ކަމަށް އެ ސެޝަންގައި ބައިވެރިވެވަޑައިގެންނެވި ގާނޫނު ހަދާ މަޖިލީހުގެ ދެ މެމްބަރަކު ވިދާޅުވި އެވެ.

ކިމްގެ ސިއްހީ ހާލުކޮޅު މިފަހަކަށް ފެންނަނީ ދައުލަތުގެ މީޑިއާގެ ފޮޓޯތަކާއި ވީޑިއޯތަކުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ އެވެ.

އުމުރުން 37 އަހަރުގެ ކިމް އަކީ ކަންކަން މާބޮޑަށް ޢާއްމުކުރައްވާ ބޭފުޅެއް ނޫން ކަމަށާއި ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކުއްލި ނާގާބިލްކަމެއްގެ ސަބަބުން ނިއުކްލިއާ ހަތިޔާރު ހުރި ފަގީރު މި ޤައުމުގައި ހަމަނުޖެހުމެއް އުފެދިދާނެ އެވެ.

ކިމްގެ ހަށިގަނޑަށް ކިތަންމެ ބޮޑު އަސަރެއް ކުރި ނަމަވެސް، އުތުރު ކޮރެއާގެ ޒަމާންވީ އޮބްޒާވަރުން ބުނަމުން ދަނީ ކިމްއަށް ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ބަރުދަން ލުއިވުމަކީ އޭނާގެ ހަށިގަނޑު ރަނގަޅު ކުރުމަށް ކިމް ކުރައްވާ މަސައްކަތުގެ ނަތީޖާ ކަމަށް ވުން އެކަށީގެންވާ ކަމަށެވެ.

އެމީހުން ފާހަގަކުރާ ގޮތުގައި އޭނާ އާންމުކޮށް އާންމު ހަރަކާތްތައް ކުރިއަށް ގެންދަވާ ކަމަށާއި އުތުރު ކޮރެއާގެ ވީޑިއޯތަކުން އާދަޔާ ހިލާފު އެއްވެސް ކަމެއް ނުފެންނަ ކަމަށެވެ.

ނަމަވެސް އޭނާއާ ބެހޭ ގޮތުން ކަށަވަރު ނުވާ ވާހަކަތައް އަދިވެސް ފެންމަތިވަމުން އަންނައިރު، ދާދި ފަހުން އާންމުންގެ ތެރޭގައި ފެނިގެންދިޔަ ބައެއް މަންޒަރުތަކުން ކިމްގެ ހާލުކޮޅު ސީރިއަސް ވަމުން އަންނަކަމަށް ލަފާކޮށްފާވެއެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކިމް ބިޔުންގް-ކީ ވިދާޅުވީ، ކިމްގެ ބަރުދަން ގާތްގަނޑަކަށް 140 ކިލޯގްރާމް (308 ޕައުންޑް) އިން 120 ކިލޯގްރާމް (264 ޕައުންޑް) އަށް ވެއްޓިފައިވާ ކަމަށް އެންއައިއެސް އިން ޕާލަމެންޓް ސެޝަންގައި ބުނެފައިވާ ކަމަށެވެ. އެންއައިއެސް އިން މީގެ ކުރިން ބުނެފައި ވަނީ ކިމްގެ އިސްކޮޅުގައި ގާތްގަނޑަކަށް 170 ސެންޓިމީޓަރު (5 ފޫޓު، 8 އިންޗި) ހުންނަ ކަމަށެވެ.

ކިމް ވަނީ މި އަހަރުގެ މިހާތަނަށް 70 ދުވަސް ވަންދެން އާންމު ހަރަކާތްތަކުގައި ބައިވެރިވެ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 45 ޕަސެންޓް އިތުރު ވުމެއް ގައި ކަމަށް ވިދާޅުވެފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ވިދާޅުވީ، އުތުރު ކޮރެއާގައި ވެރިކަން ކުރެއްވި އަވަހާރަވެފައިވާ ބައްޕާފުޅު އަދި ބޮޑުބޭބެގެ ފޮޓޯތަކެއް ކިމްގެ އަތުގައި ހުއްޓާ ފެނިފައިވާ ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ އެހެން މެމްބަރެއް ކަމަށްވާ ހާ ޓައީ-ކުޔުންގް، އެންއައިއެސްއާ ހަވާލާދީ ބުނެފައި ވަނީ އުތުރު ކޮރެއާއިން “ކިމްޖޮންގްޔުނިޒަމް” މި ބަސް ބޭނުން ކުރަން ފަށާފައިވާ ކަމަށާއި އެއީ އޭނާގެ ބައްޕާފުޅާއި ބޮޑުބޭބެ، “ކިމްޖޮންގްލިޒަމް” އަދި “ކިމިލްސަންގަލިޒަމް” ގެ ނަމުން ނަންދެވިފައިވާ މިހާރު އުފެދިފައިވާ ފިކުރުތަކުން އެއްކިބާވެފައިވާ ކިމް ޖޮން އުންގެ ނަމުން ނަންދެވިފައިވާ ސިޔާސީ ފިކުރުކަމަށެވެ.

ވެރިކަމަށް ގާތްގަނޑަކަށް 10 އަހަރު ފަހުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި އިގުތިސޯދީ ދަތިތަކުގެ ސަބަބުން، ކިމްގެ ވެރިކަމުގެ އެންމެ އުނދަގޫ ދުވަސްވަރު ކަމަށް ބެލެވޭ ކަންތައްތަކުން އަރައިގަތުމަށް ކިމް ގެންދަވަނީ ފިއްތުންތައް ކުރިމަތި ކުރައްވަމުންނެވެ.

އެންއައިއެސްއިން ބުނާ ގޮތުގައި އުތުރު ކޮރެއާއިން ޗައިނާއާއެކު އަހަރަކު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އޭގެ ކުރީ އަހަރާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ވަނީ ތިންބައިކުޅަ ދެބައި ދަށްވެ، 185 މިލިއަން ޑޮލަރަށް ދަށްވެފައެވެ.

އުތުރު ކޮރެޔާގެ މަސްއޫލުވެރިންގެންދަވަނީ މުދަލުގެ އަގުތައް އުފުލެމުން ދިއުމާ ގުޅިގެންނާއި ބޭސް އަދި އެނޫންވެސް ޒަރޫރީ ސާމާނުގެ ދަތިކަން ކުރިމަތިވެ، ޓައިފޮއިޑް ފީވަރ ފަދަ ފެނުގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ފެތުރުން އަވަސްވާތީ  ފިއްތުންތައް ކުރިމަތިކުރައްވަމުންނެވެ.

އެންއައިއެސްގެ ބްރީފިންގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ނޫޓުތައް ޕްރިންޓް ކުރުމަށް ބޭނުން ކުރާ ކަރުދާހާއި އިންކް ވެސް އެ ގައުމަށް އެތެރެ ކުރުމަށް ވަނީ ނުކުޅެދިފަ އެވެ.

ވިޔަފާރި ދަށްވުމުގެ ސަބަބުން ސިނާއީ ހަރަކާތްތަކަށް ބޭނުންވާ ސާމާނު ސަޕްލައި ކުރުން ލިމިޓް ކޮށްފައި ވީ ނަމަވެސް، އުތުރު ކޮރެއާގެ އޮފިޝަލުން ދަނީ މަސައްކަތްތެރިންނަށް ޕްރޮޑަކްޝަން އިތުރުކުރުމަށް ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. ފެކްޓްރީގެ އޮޕަރޭޝަންތައް ގިނަވުމުގެ ސަބަބުން މިދިޔަ އޮގަސްޓް މަހު ބޮޑު ފާޓިލައިޒާ ޕްލާންޓެއްގައި އެއްޗެއް ގޮއްވާލި ކަމަށް ވެސް އެންއައިއެސްއާ ހަވާލާދީވަނީ ރިޕޯޓްކޮށްފައެވެ.

އުތުރު ކޮރެއާއިން ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (އެންއައިއެސް) އިން ދާދި ފަހުން ނެރުނު ރިޕޯޓްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close