ކުޅިވަރު ޗެމްޕިއަންސްލީގް ގުރޫޕް “އޭ” ގެ އެއްވަނައިގައި ޕީއެސްޖީ

ޗެމްޕިއަންސްލީގް ގުރޫޕް “އޭ” ގެ އެއްވަނައިގައި ޕީއެސްޖީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


ޔުއެފާ ޗެންޕިއަންސް ލީގު ފުޓްބޯޅަ މުބާރާގުގެ ގްރޫޕް ” އޭ ” ގެ އެއްވަނަ އަށް ފްރާންސްގެ ޕީ.އެސް.ޖީ ޖެހިލައިފި އެވެ.

ޕީއެސްޖީއށް ގްރޫޕްގެ އެއްވަނަ ލިބުނީ ޖަރުމަންގެ އާރު.ބީ ލެޕްޒިގް ވާދަކުރިމެޗުގެ ފަހު ހާފުގައި އާޖެންޓީނާގެ ތަރި މެސީ ކާމިޔާބުކޮއްދިން ދެ ލަނޑާއި އެކު 3-2 މޮޅުވެ ގްރޫޕް “އޭ” ގެ އެއްވަނަ އަށް ޕީ.އެސް.ޖީ ޖެހިލައިފިއެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުހޯދީ ޕީއެސްޖީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 9 ވަނަ މިނެޓްގައި އެމްބާޕޭ ޕީއެސްޖީއަށް ކާމިޔާބު ކޮއްދިން އިރު، ފުރަތަމަ ހާފުގެ 28 ވަނަ މިނެޓްގައި ޕޯޗުގަލްގެ ފޯވަރޑް އަންދަރޭ ސިލްވާ ވަނީ ލެޕްޒިގް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި، ދެވަނަ ހާފުގެ 57 މިނެޓްގައި ފްރާންސްގެ ޑިފެންޑަރ ނޯޑީ މުކިއެލް ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލެޕްޒިގް އަށް ލީޑު ހޯދައިދީފައެވެ. މިއާއި އެކު ޕީއެސްޖީ އިން އެޓީމުގެ މެދުތެރެއަށް ކުޅެމުންދިޔަ ގައޭ އާއި ހެރެއިރާ ގެ ބަދަލުގައި ޑެނީލޯ އާއި ވައިނާލްޑަމް ކުޅެން އެރުވިއެވެ.
މި ބަދަލުތަކާއި އެކު ޕީއެސްޖީގެ ކުޅުން ރަގަޅުވެ ލެޕްޒެގް ގޯލައް ބާރުބޮޑުވެގެން ދިޔައެވެ. ނަތީއްޖާއެއްގެ ގޮތުން މެޗު 67 މިނެޓްގައި ޕީއެސްޖީ އިން މެޗުގެ ނަތީއްޖާ ހަމަހަމަ ކުރިއެވެ.

މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ މެސީ އެވެ. މިގެ އިތުރުން މެޗުގެ 74 މިނެޓްގައި މެސީ ކާމިޔާބުކޮށްދިން ޕެނަޓީއާއި އެކު 3-2 ޕީއެސްޖީ މޮޅުވި އިރު މެޗުގެ އިތުރުވަގުތުގައި ވެސް އެޓީމަށް ވަނީ އިތުރު ޕެނަޓީއެއް ލިބި ބޭނުން ހިފޭގޮތް ނުވެފައެވެ.

މި މޮޅާއި އެކު 3 މެޗުން ލިބުނު 7 ޕޮއިންޓައި އެކު ގްރޫޕް ” އޭ ” އެއްވަނަ ޕީއެސްޖީއަށް ލިބުނު އިރު، ދެވަނާގައި 6 ޕޮއިންޓާއި އެކީ އޮތީ މިރޭ ކުލަބް ބުރްގާ އާއި ވާދަކޮށް 5-1 މޮޅުވި މެންޗެސްޓަރ ސިޓީއެވެ.

ޓެގް

ޗެމްޕިއަންސްލީގް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.