ޚަބަރު ކުޑަކަމުދިޔަ މީހާއަށް ފިޔަވަޅު އަޅަން ކަމާލުއްދީން ގޮވާލައިފި

ކުޑަކަމުދިޔަ މީހާއަށް ފިޔަވަޅު އަޅަން ކަމާލުއްދީން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


އިސްލާމީ މަރުކަޒު ތެރެއަށް ކުޑަކަމުދިޔަ މީހާއާއި މެދު ފިޔަވަޅު އެޅުމަށް އަބްދުﷲ ކަމާލުއްދީން ގޮވާލައިފިއެވެ.

ކަމާލުއްދީން މިފަދައިން ގޮވާލަފައިވަނީ ރައީސް އޮފީހުގެ ގޭޓު ކައިރިއަށާއި ހުކުރު މިސްކިތުގެ އެތެރޭގެ އިތުރުން އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބާ އިމާމުގެ ކުރިމައްޗަށް މީހަކު ކުޑަކަމު ދިއުމާއި ގުޅިގެން ފުލުހުން އޭނާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ފުލުހުން ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އޭނާ އަކީ އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ.

އެކަމާއި ގުޅިގެން ކަމާލުއްދީން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ކުޑަކަމުދިޔަ މީހާ ހޯދާ އޭނާއަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

“އަވަހަށް މީހާ ހޯދާ ފިޔަވަޅު ނާޅައިފިނަމަ އެތަން މިތަނަށް ކުޑަކަމުދާ މީހުންނާ ބޮޑުކަމުދާ މީހުން ނުތަކާ ވަރަށް އިތުރުވެދާނެ” ކަމާލުއްދީން ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން މިހާރު ބަލަމުން އަންނައިރު، އެކަމުގައި ތުހުމަތު ކުރެވޭ މީހެއްގެ ފޮޓޯއެއް މިހާރު މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޓެގް

ކަމާލުއްދީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.