ޚަބަރު އިތުރު ބައެއް ރަށްރަށުގެ ކައުންސިލްތަކަށް ސެކްރަޓަރީ ޖެނެރަލުން ހޯދަން އިޢުލާންކޮށްފި

އިތުރު ބައެއް ރަށްރަށުގެ ކައުންސިލްތަކަށް ސެކްރަޓަރީ ޖެނެރަލުން ހޯދަން އިޢުލާންކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިތުރު ބައެއް ރަށްރަށުގެ ކައުންސިލްތަކަށް ސެކްރަޓަރީ ޖެނެރަލުން (އެސްޖީ) ހޯދަން އިޢުލާންކޮށްފިއެވެ.

މިއީ ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ ސެކްރަޓަރީ ޖެނެރަލް ގެ މަގާމަށް މީހުުން ނުލިބުމުން އަނެއްކާވެސް އެކައުންސިލްތަކަށް އެސްޖީން ހޯދުމަށް ކުރި އިއުލާނެކެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އެސްޖީން ހޯދުމަށް އިއުލާނުކޮށްފައިވަނީ 74 ރަށެއްގައެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށެވެ.

ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800ރ. ލިބޭނެ އެވެ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ 12،130ރ. އެވެ. އެ މަގާމަށް އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ. ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މަހަކު 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. ލިބޭނެ އެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.

ޓެގް

އެސްޖީ ސީއެސްސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.