ޚަބަރު ރާއްޖެއިން ބޭރުގައި ތަމްރީން ހަދަމުން ދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެ

ރާއްޖެއިން ބޭރުގައި ތަމްރީން ހަދަމުން ދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިން ބޭރުގައި ތަމްރީން ހަދަމުން ދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ހަނާ ވިދާޅުވީީ، އުމުރުން 22 އަހަރުގެ ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމް ނިޔާވެފައިވަނީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ތަމްރީން ހަދަމުން ދަނިކޮށް ކަމަށެވެ. ނަމަވެސް ނިޔާވާން މެދުވެރިވި ވަކި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އެޒުވާނާ ނިޔާވެފައިވާ ކަން އެމްއެންޑީއެފުން ހާމަ ކުރިނަމަވެސް، ނިޔާވެފައިވާ ގޮތުގެ ތަފްސީލެއް އެއިދާރާއިން ހާމަ ކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ޓެގް

ސިފައިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.