ޚަބަރު މާދަން ޤާނޫނުގަ ކުޑަކުދިންގެ ޢުމުރަކީ 20 އަހަރުން ދަށޭ ކިޔާވެސް ޤާނޫނު ހެދޭނެ- ޝައިޚް ޒައިދު

މާދަން ޤާނޫނުގަ ކުޑަކުދިންގެ ޢުމުރަކީ 20 އަހަރުން ދަށޭ ކިޔާވެސް ޤާނޫނު ހެދޭނެ- ޝައިޚް ޒައިދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާދަން ޤާނޫނުގަ ކުޑަކުދިންގެ ޢުމުރަކީ 20 އަހަރުން ދަށޭ ކިޔާވެސް ޤާނޫނު ހެދޭނެކަމަށް ޝައިޚް ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޒައިދު ވިދާޅުވީ މާދަން ޤާނޫނުގަ ކުޑަކުދިންގެ ޢުމުރަކީ 20 އަހަރުން ދަށޭ ކިޔާވެސް ޤާނޫނު ހެދޭނެކަމަށާއި ދެން 19 އަހަރު މީހާ ޖަރީމާ ހިންގިޔަސް އޭނާ ‘ކުޑަކަމުން’ އެންމެންތިބެންވީ ކުޅިބަލަންކަމަށާއި މިއިން އެނގެނީ އަޅުގަނޑުމެން ހަދާ ޤާނޫނުތައް ދެކޮޅުނުޖެހޭ ކަން ކަމަށް ޝައިޚު ވިދާޅުވިއެވެ.

ހުޅުމާލޭ ފިޔަވަތީގައި ހިނގާދިޔަ ކަންތައްތައް އަމާޒުކޮށް ޝައިޚް ޒައިދު މިއަދު ކުރެއްވި އިތުރު ޓްވިޓެއްގައިވަނީ ފިޔަވަތީގައި ޖަރީމާ ހިންގަނީ ޤާނޫނުގަ ކުޑަކުދިންނޭ ކިޔަކަސް، އަސްލު އިސްލާމީ ޝަރީޢާގަ ބޮޑެތި މީހުންކަމަށާއި 17 އަހަރު 16 އަހަރު މީ އެމީހަކު ހިންގާ ޖަރީމާއަށް ޒިންމާ ނަގަންޖެހޭ އަދި ނަގުވަންޖެހޭ ޢުމުރެއް ކަމަށެވެ.

ދިވެހި ރާއްޖޭގައި ހެދިފައިވާ ޤާނޫނުގައި ބުނާގޮތުން ޢުމުރުން 18 އަހަރު ވަންދެން ކޮންމެ މީހަކީވެސް ކުޑަ ކުއްޖެކެވެ. އެހެންނަމަވެސް، އިސްލާމީ ޝަރީޢަތުގައި ކުއްޖާ ބާލިޣުވުމަށްފަހުގައި އޭނާއަކީ ބޮޑު މީހެކެވެ.

ދިވެހި ރާއްޖޭގެ ޤާނޫނުގައި ކުޑަކުދިންގެ ޢުމުރަކީ 18 އަހަރުން ދަށްކަމަށް އޮތުމުގެ ސަބަބުން، އެކަމުގެ ނޭދެވޭ އަސަރުދަނީ މުޅި މުޖުތަމަޢުއަށް ކުރަމުންކަން ފާހަގަ ކުރެވެއެވެ.

ޓެގް

ޝައިޚް ޒައިދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.