ޚަބަރު އިސްލާމް މުޤައްރަރު ތަކުގައި ހަރުކަށި ކަމަށް ހިތްވަރު ދެވިފައެއް ނޯންނާނެ – ޝައިޚް ޒައިދު

އިސްލާމް މުޤައްރަރު ތަކުގައި ހަރުކަށި ކަމަށް ހިތްވަރު ދެވިފައެއް ނޯންނާނެ – ޝައިޚް ޒައިދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމް މުޤައްރަރު ތަކުގައި ހަރުކަށި ކަމަށް ހިތްވަރު ދެވިފައި ނޯންނާނެ ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވީ  އިސްލާމް މުޤައްރަރު ތައް ހެދިފައިވަނީ އެންމެ މީހެއް ދެމީހެއްގެ ވިސްނުމަކަށް ނޫންކަމަށާއި އިސްލާމް ދީން ކިޔަވައިގެން ތިބި އެތައް ބޭފުޅުންނެއް ހިމެނޭ ކޮމިޓީއަކުން ކަމަށެވެ.  އަދި އެއަށްފަހު އިސްލާމިކް މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން ކަމަށާއި އިސްލާމް މުޤައްރަރުގައި ހަރުކަށިކަމަށް ހިތްވަރު ދެވިފައެއް ނޯންނާނެކަމަށެވެ.

ވީމާ އިސްލާމް މުޤައްރަރު ތަކަށް ހަރުކަށި ނަމުގެ ތުހުމަތުކޮށް ބީ ފެކްޝަން ބޭފުޅުން ރުއްސުމަށް އިސްލާމް މުޤައްރަރުތަކާއި ކުޅެ ކޮށާ މަށާ ހެދުމަކީ އެއްވެސް ޙާލެއްގައި ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ހަރުކަށި ވިސްނުމަށްދަނީ އިސްލާމް މުޤައްރަރުތަކާއި ގުޅިގެން ނޫންކަމަށްވެސް މިއަދު ޝައިޚް ކުރެއްވި ޓްވިޓުގައި ފާހަގަ ކުރައްވާފައިވެއެވެ.

ޝައިޚް މިފަދައިން ވިދާޅުވެފައި މިވަނީ އެމް.ޑީ.ޕީ މެއި 6 ކޮމިޓީން އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލާދީ ރޭ އެ ޕާޓީގެ ޤައުމީ މަޖިލީހުގައި ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ.

އެމް.ޑީ.ޕީ މެއި 6 ކޮމިޓީން އެޑިއުކޭޝަން މިނިސްޓްރީ އާއި ހަވާލާދީ ބުނެފައިވަނީ، ހަރުކަށި ވިސްނުމަށް ދަރިވަރުން ދާފަދަ ފިލާވަޅުތައް އިސްލާމް މާއްދާއިން އުނިކުރަމުންދާކަމަށާއި އިސްލާމް މާއްދާ ކިޔަވައިދޭންވެސް ރާއްޖޭން ބޭރުން މީހުން ގެންނަން ވިސްނަމުންދާކަމަށެވެ.

ޓެގް

ޝައިޚް ޒައިދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.