ޚަބަރު ކާބުލް އެއަރޕޯޓްގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ކާބުލް އެއަރޕޯޓްގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


އަފްޣާނިސްތާނުގެ ކާބުލްގެ އެއާޕޯޓް ޖާނުންފިދާވެގެން ދިން ބޮމުގެ ހަމަލާ ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޖެހިޖެހިގެން ދެ ބޮން ގޮއްވާލައިގެން ދިން އެ ހަމަލާގައި ގިނަ ބަޔަކު މަރުވުމާއި ގުޅިގެން، ފޮރިން މިނިސްޓަރ އަދި އދ.ގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް ޢަބްދުﷲ ޝާހިދު، އެހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވައި ވާހަކަ ފުޅުދައްކަވަމުން ވިދާޅުވީ އަފްޣާނިސްތާނުގެ ރައްޔިތުންނާއެކު މުޅި ދުނިޔެ ތެދުވަން ޖެހޭކަމުގައެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ކައިރީގައި ދިން ބޮމުގެ ދެ ހަމަލާއެއްގައި 170 މީހުން ވަނީ މަރުވެފައެވެ. އޭގެތެރޭގައި އެމެރިކާގެ 13 ސިފައިން ވެސް ހިމެނެއެވެ. އަދި ބައެއް ރިޕޯޓްތައް ބުނާގޮތުގައި ޠާލިބާނުންގެ 28 މީހަކުވެސް ވަނީ މަރުވެފައެވެ.

އަފްޣާނިސްތާނުގައި ހިނގަމުން އައި ވެރިކަން ވައްޓާލައި އެގައުމު މިހާރު ވަނީ ހަނގުރާމަވެރި ތާލިބާނު ޖަމާއަތުގެ ބާރުގެ ދަށައް ގެނެސްފައެވެ.

ކާބުލް އެއާޕޯޓު ކައިރީގައި ޖާނުގޮއްވާލައިގެން ދިން ހަމަލާތައް ކުށްވެރިކުރައްވައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބުދު ﷲ ޝާހިދު ވަނީ މިޙަަމަލާތަކުގައި މަރުވި މީހުންނަށް ހެޔޮ ދުއާކުރައްވައި، އެމީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައެވެ. އަދި ނިރުބަވެރިކަމާއި ދެކޮޅަށް މުޅި ދުނިޔެ އެކަތިގަނޑެއްގެ ގޮތުގައި ތެދުވަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޓެގް

ޠާލިބާން އަފްޣާނިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.