ޚަބަރު

ޕެޓިޝަން ހެދިޔަސް، ރައްޔިތުން އެ ބަލައެއް ނުގަންނާނެ: ޝައިޚް ޒައިދު

ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް، ޕެޓިޝަން ހެދި ނަމަވެސް، ރައްޔިތުން އެ ބަލައެއް ނުގަންނާނެކަމަށް އައްޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޒައިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ރައްޔިތުން މީގެ ކުރިން ވެސް ބަލައިނުގަތް ނިޒާމެއް ކަމަށެވެ. އަދި އެއީ މިފަދަ ކުޑަ ޤައުމަކަށް އެއްވެސް ގޮތަކުން އެކަށީގެންވާ ނިޒާމެއް ނޫން ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.

ހަމައެހެންމެ ބަރުލަމާނީ ނިޒާމަކަށް އޭރު ވެސް، މިހާރު ވެސް ރައްޔިތުންގެ ތާއީދެއްނެތް ކަމަށާއި، ޕެޓިޝަން ހެދި ނަމަވެސް، ރައްޔިތުން އެ ބަލައެއް ނުގަންނާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ބެއްލެވުމުގެ ދަށުން އެކުލަވައިލާ މި ޕެޓިޝަނަކީ، 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި އެމްޑީޕީ މެނިފެސްޓޯގައި ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެނައުމަށާއި، އެ ގޮތުން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ވެފައިވާ ވަޢުދު ފުއްދުމަށް ބާރު އެޅުމަށްޓަކައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެންނެވުމަށް އެކުލަވައިލާ ޕެޓިޝަނެކެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވެސް ވަނީ ވީހާވެސް ގިނަ މީހުން ޕެޓިޝަނުގައި ސޮއިކުރުމަށް އެދިވަޑައިގަންނަވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close