ޚަބަރު

އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ މިނިސްޓަރު މާރިޔާ ފޮނުއްވައިފި

އިންޑިއާގެ 75 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިޔާ ސަރުކާރަށާއި، އެޤައުމުގެ ރައްޔިތުންނަށް މިނިސްޓަރު މާރިޔާ ފޮނުއްވައިފިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާގެ ތަހުނިޔާގެ މެސެޖްގައި އެކަމާ އެދިވަޑައިގެންނެވީ އިންޑިއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވުމަށެވެ.

އެކަމަނާގެ މެސެޖްގައި ވިދާޅުވީ އިންޑިއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމާއި އެއް ގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމާއި ގަދަރު ދުވަހުން ދުވަހަކަށް ވަރުގަދަ ވެެގެން ދިއުން އެދިވަޑައިގަންނަވާ ކަމަށެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ޑިފެންސް މިނިސްޓްރީ އިން ވެސް ވަނީ އިންޑިއާއަށް ކިޔާފައެވެ. ޑިފެންސް މިނިސްޓްރީ އިން ބުނީ އެދެނީ އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮތް ގުޅުން އަދި އަވައްޓެރި އެކުވެރިކަން އަބަދުވެސް ތާޒާކަން މަތީ ދެމި އޮތުން ކަމަށެވެ.

ރައީސް ސޯލިހު ވެސް ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެ އިތުރުން އިންޑިއާގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާގެ ސަގާފަތާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ މަސައްކަތް ކުރުމުގައި ދެމި އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. އެއީ އިނގިރޭސިންގެ އަޅުވެތިކަމުން މިނިވަންކަން ލިބުމުގެ މުނާސަބާއާ ގުޅުވައިގެންނެވެ. ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަސް ދަނީ އިންޑިއާގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close