ޚަބަރު

އަޅުގަނޑުގެ މައްޗަށް ސަރުކާރުން ދަޢުވާ ކުރަން ފޮނުވައިފިނަމަ ދައުލަތް “އޮރިޔާން ވާނެ” – މަހުލޫފް

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތުގައި މި ވަގުތު ސަސްޕެންޑު ކޮށްފައިވާ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޙްލޫފްގެ މައްޗަށް ސަރުކާރުން ދަޢުވާ ކުރަން ފޮނުވައިފިނަމަ ދައުލަތް “އޮރިޔާން ވާނެ” ކަމަށާއި، އެދުވަހަކުން ދައުލަތް ނިކުންނަން ޖެހޭނީ އޮރިޔާމުން ހިނގާފައި ކަމަށް މަހުލޫފް ވިދާޅުވެއްޖެއެވެ.

މަޙްލޫފް ވިދާޅުވީ، ޕީޖީގެ މަސައްކަތަކީ މައްސަލަ ފޮނުވުން، އެ މައްސަލައިގައި ދައުވާ ކުރެވޭތޯ ނުވަތަ ނޫންތޯ ބެލުން ކަމަށާއި އެހެންނަމަވެސް މިއަދު ފެންނަ މަންޒަރަކީ، “މަތިން އެއްޗެއް ވެއްޓޭތޯ، ކަނޑު އަޑިން ހެއްކެއް ލިބޭތޯ” ޕީޖީ އިން މަޑުކޮށްގެން ތިބި މަންޒަރު ކަމަށެވެ. އަދި މަހްލޫފް މައްޗަށް ސަރުކާރުން ދަޢުވާ ކުރަން ފޮނުވައިފިނަމަ ދައުލަތް “އޮރިޔާން ވާނެ” ކަމަށާއި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވައިފިނަމަ އެމްއެމްޕީއާރސީގެ ޚިޔާނާތުގެ މައްސަލައިގައި އިތުރު އެއްވެސް މީހަކަށް ދަޢުވާ ނުކުރެވޭނެ ކަމަށްވެސް ބުނެ އޭނާވަނީ އިންޒާރު ދެއްވާފައެވެ.

ވަގުތު ނޫހުގެ ފަރާތުން ރޭ ގެނެސްދިން “ހަވާސާ” ޕްރޮގްރާމްގައި މަހްލޫފް ވިދާޅުވީ، އޭނާގެ މައްޗަށް ކުރަނީ ސިޔާސީ ދަޢުވާއެއް ކަމަށާއި ދަޢުވާ ކުރެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރާ ދަޢުވާއަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، މިނިސްޓަރު ކަމުގެ މަޤާމުގެ ދަހިވެތި ކަމުގައި ކުރައްވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“ހަތް ދުވަހެއް ނޫން. އެއް ދުވަހުން ކޭސް ނިމޭނެ ކަހަލަ މައްސަލައެއް މިއީ. މިއަދުވެސް އަޅުގަނޑު މިދަންނަވަނީ މިމައްސަލަ ބަލާލާފައި ދަޢުވާ ކުރަންޏާ ކުރަންވީ، ނުކުރަންޏާ ނުކުރަންވީ. ކޯޓަށް މިމައްސަލަ ފޮނުވައިފިނަމަ ދައުލަތް އޮރިޔާމުން ހިނގާފައި ނިކުންނަން ޖެހޭނެ ދުވަހަކަށްވާނެ. އަދި އެމްއެންޕީއާރސީގެ މައްސަލައިގައި އިތުރު އެއްވެސް މީހަކަށް ދަޢުވާ ނުކުރެވޭނެ ކޭސްއަކަށް ވެގެންދާނެ” މަޙްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާއާއި ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ކުރައްވަމުން ގެންދަވާ ކަންކަން ފެންނާނެ ޗެޓްލޮގްތަކެއް އޭނާގެ އަތްޕުޅުގައި އޮތް ކަމަށެވެ.

“އަޅުގަނޑުގެ އަތުގައި ހުރި މަޢުލޫމާތު ބޭރުކޮށްލީމަ، ބައެއް މީހުން މަގުމަތީގައި ހިނގަން ލަދު ގަންނާނެ. އެވަރުގެ މަޢުލޫމާތު އަޅުގަނޑުގެ އަތުގައި އެބަހުރި.” މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ މައްސަލައިގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވަރަށް ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ވިދާޅުވީ، މަޙްލޫފްގެ މައްސަލައިގައި އޭނާގެ ފަރާތުން ރައީސް ޞާލިޙަށް ސިޓީފުޅެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ސިޓީގައިވާ ކަންތައް ބައްލަވާ އެ މަނިކުފާނަށް ފެންނަ އެއްޗެއް އެސެޓް ރިކަވަރީ ކޮމިޝަނަށް ވިދާޅުވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. މީގެ އިތުރުން މަޙްލޫފް މައްސަލަ އަވަސްކޮށްދެއްވަން ޕީޖީގައި ރައީސް ޞާލީހްވަނީ އެދިވަޑައިގެންފައެވެ.

މަހްލޫފްވަނީ މިރޭގެ ޕްރޮގްރާމްގައި އޭނާގެ މައްޗަށް އުފުލާފައިވާ މައްސަލައާ ބެހޭ ގޮތުން ގިނަ ވާހަކަފުޅު ތަކެއް ދައްކަވާފައެވެ. އަދި ވިދާޅުވީ، ދަޢުވާ ނުކުރިޔަސް ދެން މިނިސްޓަރު ކަމަށް އަނބުރާ ވަޑައިގަންވާއިރު، ވަޑައިގަންނަވާނީ އުފަލުން ނޫން ކަމަށެވެ.

“އަޅުގަނޑަށް ދަޢުވާ ނުކުރިކަމުގައި ވިޔަސް ނުވަތަ އަޅުގަނޑަށް ދަޢުވާ ނުކުރި ކަމުގައިވިޔަސް، އަޅުގަނޑު ވަރަށް ހިތްހަމަ ޖެހިގެން، އުފަލުން ވަންނަ މީހެއްގެ ގޮތުގައެއް ނޫން އިނގޭތޯ އަޅުގަނޑު އޮފީހަށް ގޮސް ވަންނާނީ. މިކަންތައް މާ ހަޑިއެއް ކޮށްފިއޭ.” މަޙްލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ މައްޗަށް އުފުލާފައިވާ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ކިޔައިދެމުން މަހުލޫފް ވިދާޅުވީ ކޮމިޝަނުން އެ ބުނާ ދަތުރަކީ އޭނާ ވަރަށް ހަނދާން ހުންނަ ދަތުރެއް ކަމަށާއި އެ ދަތުރަކީ އޭނާގެ ދަރިފުޅު ވަރަށް ކުޑައިރު އެނދުން ވެއްޓިގެން ކުރި ދަތުރެއް ކަމަށެވެ. އަދި އޭނާ އެ ދަތުރަށް ފުރުމުގެ ކުރިން މަޖިލީހުގެ އޭރުގެ ރައީސް މަސީހަށް ގުޅުއްވާ ވޯޓު ނަގަން ހަމަޖެހިފައި އޮތް ބިލެއް އޮތްތޯ ވެސް އެހި ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ އޭނާ މެލޭޝިއާގައި ހުންނަވަނިކޮށް، އެ ވޯޓު ނެގުމަށް ހަމަޖެހުމުން، “ތިމަންނާ އައީ ބިޒްނަސް ކްލާހުގެ ޓިކެޓު ނަގައިގެން ކަމަށާއި، ބިޒިނަސް ކްލާހުން ޓިކެޓު ނަގައިދިނީމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ބުނިން” ކަމަށް މަހުލޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދަތުރަށް އޭނާއަށް ޕާޓީއިން ލިބުނު ހާ ވެސް އެއްޗަކީ ބިޒިނަސް ކްލާހުގެ ޓިކެޓް ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close