ޚަބަރު ޓޫރިސްޓުންތަކެއް ގޮވައިގެން ދަތުރުކުރަމުން ދިޔަ ސަފާރީއަކަށް ކޯސްޓްގާޑުން އެހީވެއްޖެ

ޓޫރިސްޓުންތަކެއް ގޮވައިގެން ދަތުރުކުރަމުން ދިޔަ ސަފާރީއަކަށް ކޯސްޓްގާޑުން އެހީވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓޫރިސްޓުންތަކެއް ގޮވައިގެން ދަތުރުކުރަމުން ދަނިކޮށް ހާލުގައި ޖެހުނު ސަފާރީއަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ ރޭ އދ. ދަނގެއްޗާއި 6.7 ނޯޓިކަލް މޭލު ބޭރުން، 21 ޓޫރިސްޓުންނާއި 10 ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއް ދިޔަވާތީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

100 ފޫޓުގެ، އޮނާސް ލެގަސީ ނަމަކަށްކިޔާ މި ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ރޭ، ގާތްގަނޑަކަށް 09:19 ހާއިރު ކަމަށާއި މި ސަފާރީ މިހާރު އދ. ދިގުރަށަށް ގެންދެވިފައިކަމުގައިވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ޓެގް

ކޯސްޓްގާޑް ޓޫރިޒަމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.