ޚަބަރު ސަބްސިޑީ ކަނޑައިލި ނިންމުން މުރާޖަޢާ ކުރުމަށް އާދަމް ޝަރީފް ގޮވާލައްވައިފި

ސަބްސިޑީ ކަނޑައިލި ނިންމުން މުރާޖަޢާ ކުރުމަށް އާދަމް ޝަރީފް ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮވިޑާއި ގުޅިގެން ކަރަންޓްބިލް ތަކަށް ލުޔެއް ދިނުމަށް ސަރުކާރުން ހަމަޖައްސައި ދެއްވާފައިވާ ސަބްސިޑީ ކަނޑައިލުމަށް ނިންމި ނިންމުން މުރާޖަޢާކުރުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ގޮވައިލައްވައިފިއެވެ.

ޖުލައި މަހުގައި މާލޭ ސިޓީގެ ގޭބީސީތަކުގެ ކަރަންޓު ބިލު ބޮޑުވެފައިވަނީ ސަރުކާރުން ހަމަޖައްސާފައިވާ ސަބްސިޑީ ކަނޑައިލުމުންކަމަށް ސްޓެލްކޯއިން ހާމަކުރުމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާއި، ތަދުމަޑުކަމުގައި ރައްޔިތުން ހަނާވަމުންދާ ކަމަށެވެ. ކަންއެހެން ހުރިއިރު ސަބްސިޑީ ކަނޑައިލުމުން ދޭހަވެގެންދަނީ މި ސަރުކާރުން ރައްޔިތުންނާމެދު އެއްވެސް ރަޙުމެއް ނުބަހައްޓާކަންކަމެވެ.

މި މަހުގެ ކަރަންޓް ބިލު ބޮޑުވުމުން ގިނަ ބަޔަކު ޝަކުވާކުރަމުންދާއިރު، ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖުލައި މަހުގެ ކަރަންޓު ބިލު ބޮޑުކަމަށް ފާހަގަކުރެވެނީ ކޮވިޑާއި ގުޅިގެން ދީފައިވާ ސަބްސިޑީ އުނިކުރުމުން ކަމަށެވެ. އަދި ބޭނުންނުކުރާ ކަރަންޓަކަށް ސްޓެލްކޯއިން ޗާޖެއް ނުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

”ކޮވިޑުގެ ބަލިމަޑުކަމާއި, ތަދުމަޑުކަމުގައި ރައްޔިތުން ހަނާވަމުންދަނިކޮށް, އަދި އާމްދަނީއެއް ލިބޭނެ އެއްވެސް ގޮތެއް ނުރޭވެނީސް ސަބްސިޑީ ކަނޑައިލުމުން ދޭހަވަނީ ރައްޔިތުންނާމެދު އެއްވެސް ރަޙުމެއް, ހަމްދަރުދީއެއް ސަރުކާރުން ނެތްކަން“ ނިންމުން މުރާޖައާ ކުރައްވާ ޝަރީފްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ޓެގް

އާދަމް ޝަރީފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.