ޚަބަރު

އޯގަސްޓު 10 ން ފެށިގެން ޢުމުރާ ވުމުގެ ފުރުޞަތު ހުޅުވާލަން ނިންމައިފި

1 މުޙައްރަމު 1443 ން ފެށިގެން ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ މުސްލިމުންނަށްވެސް ޢުމުރާވުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް ސަޢުދީ ޢަރަބިއްޔާއިން ހާމަކުރައްވައިފިއެވެ.

އަދި މިއަދުން ފެށިގެން ޢުމުރާ ދަތުރުތައް ހަމަޖައްސަވާ އެޖެންސީތަކަށް ވިސާ ދޫކުރުމަށް ހުޅުވާލައިފައިވާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

9 ޤައުމަކުން ފިޔަވައި އެހެން ޤައުމުތަކުން ޑައިރެކްޓް ފްލައިޓްގައި ދަތުރު ކުރެވޭނެކަމަށާއި ޑައިރެކްޓްކޮށް ދަތުރު ނުކުރެވޭނެ ޤައުމުތަކަކީ، އިންޑިޔާ، ޕާކިސްތާނު، މިސްރު، އިންޑޮނޭޝިއާ، ތުރުކީ، އާރޖެންޓީނާ، ބުރެޒިލް، ސައުތު އެފްރިކާ އަދި ލުބުނާނު ކަމަށާއި އެ ޤައުމުތަކުން ދަތުރުކުރާނަމަ 14 ދުވަހުގެ ކަރަންޓީނެއް ވާންޖެހޭނެކަމަށްވެސް މިއަދު ޢާންމުކުރި އުޞޫލުގައި ވެއެވެ.

ޢުމުރާ ވުމުގެ ފުރުޞަތު ހުޅުވާލައިފައިވަނީ 18 އަހަރުން މަތީގެ މީހުންނަށެވެ.

ޢުމުރާވުމަށް ހުޅުވާލައިފައިވަނީ ވަކި އުޞޫލުތަކެއްގެ ދަށުން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަކަށް ވުމުން، ކޮވި ޝީލްޑްއާއި ސިނޮފާމް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އެ ފުރުޞަތުވަނީ އަދި ބަންދުވެފައެވެ. އެ ޤައުމުން ޢާންމުކޮށްފައިވާ އުޞޫލުގައި މި ދެ ބުރޭންޑުގެ ވެކްސިން ހިމަނާފައެއް ނުވެއެވެ.

ރާއްޖޭގެ ގިނަ މީހުންތިބީ މި ދެންނެވި ބާވަތުގެ ދެ ވެކްސިން ފުރިހަމަކޮށްފައިކަންވެސް ފާހަގަ ކުރެވެއެވެ.

https://twitter.com/hsharifain/status/1419309019240570881

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close