ޚަބަރު

ކުއްލި ޙާލަތު އިޢުލާނުކޮށް ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރަން ނަޝީދު ގޮވާލައިފި

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.

ނަޝީދު މިފަދައިން ގޮވާލައްވާފައިވަނީ އެމް.ޑީ.ޕީ ގެ ވަޓްސްއެޕް ގުރޫޕަކަށް ކުރެއްވި މެސެޖެއްގައެވެ. އެ މެސުގައިވަނީ، މިހާރު ދިވެހި ފުލުހުންނަށްވެސް ހަރުކަށި މީހުން ފާހަގަވާނެކަމަށާއި، އެފަދަ މީހުން ހައްޔަރުކުރުމަށް 2 މަހެއްހާ ދުވަހަށް ރާއްޖޭގައި ކުއްލި ޙާލަތު އިޢުލާނުކުރަން ފެންނަ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު ކުއްލި ހާލަތުގައިވެސް މީހުން ހިފާ ހައްޔަރު ކުރެވޭނީ ވަކި ހާލަތެއްގައެވެ. އަދި މިހާރުވެސް ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް ޤާނޫނު އަސާސީން ލިބިދޭ ބައެއް ހައްޤުތައް ހަނިކުރުމަށްފަހު ހައްޔަރު ކުރުމުގެ ބާރު ޓެރަރިޒަމް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ފުލުހުންނަށް ލިބިދެއެވެ.

ރައީސް ނަޝީދުވަނީ އެބޭފުޅާ ކުރައްވާ މެސެޖުތައް ރައީސް ޞޯލިހަށްވެސް ދެއްކެވުމަށް އެ ގުރޫޕްގައި ތިއްބަވާ ބައެއް މަޖިލިސް މެމްބަރުންގެ ކިބައިން އެދި ވަޑައިގެންފައެވެ.

ނަޝީދު އިތުރަށް ލިޔުއްވާފައިވަނީ، “ހަރުކަށި ފިކުރުގެ މީހުން ވަރަށް ގިނަ ވެއްޖެ، އެފަދަ މީހުންނަށް ބާރު ލިބޭ ގޮތަށް ވާހަކަ ދައްކާ މީހުން ވެސް ގިނަ ވެއްޖެ، މިފަދަ ގިނަ މީހުން ހައްޔަރު ކުރަން ބޭނުންތެރި،” ކަމަށެވެ.

އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕްއަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ލީޑް ކުރައްވަން ނުކުންނަވަން އަދި އެއް ފަހަރު އެމަނިކުފާނު ގޮވާލައްވާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close