ޚަބަރު މާލޭ އިންޖީނުގެ މިހާރު އެވަނީ މާލޭގަ ދިރިއުޅޭ މީހުންނަށް މުސީބާތަކަށްވެފައި – ރައީސް ނަޝީދު

މާލޭ އިންޖީނުގެ މިހާރު އެވަނީ މާލޭގަ ދިރިއުޅޭ މީހުންނަށް މުސީބާތަކަށްވެފައި – ރައީސް ނަޝީދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މާލޭ އިންޖީނުގެ މިހާރު އެވަނީ މާލޭގައި ދިރިއުޅޭ މީހުންނަށް މުޞީބާތަކަށް ވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ނަޝީދު މިހެން ވިދާޅުވެފައިވާއިރު، މާލޭގެ އިންޖީނުގެއިން އަރާ ދުމުގެ ސަބަބުން އެތާންގެ ކައިރީގައި ދިރިއުޅޭ ގިނަ ބަޔަކަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވާކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ.

މިދޭތެރެއަކުން ، އެކަމާ އިދިކޮޅަށް ބަޔަކު ވަނީ މުޒާހަރާވެސް ކޮށްފައެވެ.

ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯ ތަކުން ފެންނަ ގޮތުގައި މާލޭގެ އިންޖީނުގެއިން ކަޅު ދުން ވަރަށް ބޯކޮށް އަރާމަންޒަރު ފެނެއެވެ. އަދި އެދުން ބޮޑު ސަރަހައްދަކަށް ފެތުރިފައިވެސް ވެއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޞިއްޙީ ގޮތުންނާއި އަދި އެހެން ހުރިހާ ގޮތަކުންވެސް މާލޭ އިންޖީނުގެ މިހާރު އެވަނީ މާލޭގައި ދިރިއުޅޭ މީހުންނަށް މުސީބާތަކަށް ވެފައި ކަމަށެވެ.

މީގެ އިތުރުން ސްޓެލްކޯއިން އިންޖީނުގެ ބޮޑު ކުރަމުން އެގެންދަނީ ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ކަމަށާއި، މިކަމަށް ޙައްލު ނުގެނެސް ސްޓެލްކޯ އިން އެހެން އެއްވެސް ކަމެއް ކުރުމަކީ ކުށެއްކަމުގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު މިހެން ވިދާޅުވިއިރު، މާލެ – ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން މިހާރު ވަނީ ގުޅާލައިފައެވެ.

ސްޓެކްލޯ އިން ވިދާޅުވެފައި ވަނީ މާލެއާއި، ހުޅުމާލޭގެ އިންޖީނުގެ މިހާރު ވަނީ ގްރޭޓާ މާލެ ބްރިޖް މެދުވެރިކޮށް ކާމިޔާބު ކަމާއެކު ސިންކްރޮނައިޒް ކުރެވިފައިކަމަށާއި، މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނެކަމަށެވެ.

ޓެގް

އިންޖީނުގެ ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.