ޚަބަރު ޢަބްދުﷲ ކަމާލުއްދީންގެ ޕާޓީ އުފެއްދުމަށް އަނެއްކާވެސް ފޯމު ހުށަހަޅައިފި

ޢަބްދުﷲ ކަމާލުއްދީންގެ ޕާޓީ އުފެއްދުމަށް އަނެއްކާވެސް ފޯމު ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވަޒީރުކަންވެސް ކުރައްވާފައިވާ އަދި ދާދި ފަހަކާޖެހެންދެންވެސް ރައީސް މައުމޫނުގެ އެމް.އާރު.އެމް ގައި ހުންނެވި އަބްދުﷲ ކަމާލުއްދީން (އޭކޭ) އިސްވެ ހުންނަވައި އުފައްދާ “ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ” އުފެއްދުމަށް ހުށަހެޅި ފޯމު އިލްކެޝަންސް ކޮމިޝަނުން ބާތިލު ކުރުމުން އަނެއްކާވެސް އަލުން ފޯމު ހުށަހަޅައިފިއެވެ.

އެމްއާރުއެމް އިން ވަކިވެވަޑައިގެން އަބްދުﷲ ކަމާލުއްދީން އިސްވެ ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ފުރަތަމަ ފޯމު ހުށަހެޅީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް އޭރު އޭނާގެ ނަން އެމްއާރުއެމްގެ ދަފްތަރުން އުނި ނުކޮށް އޮތުމުން، ޝަރުތު ހަމަނުވާ ކަމަށް ބުނެ އިލްކްޝަނުން ވަނީ ފޯމު ބާތިލު ކޮށްފައެވެ.

ނާރެސްއަށް މަޢުލޫމާތު ލިބޭގޮތުގައި ޢަބްދުﷲ ކަމާލުއްދީން ފޯމް ހުށަހަޅުއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އާ ޕާޓީއެއް އުފައްދަންޖެހޭ ސަބަބު ވިދާޅުވެދެއްވަމުން ޢަބްދުﷲ ކަމާލުއްދީން އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ގައުމުގައި ހައްލުނުކުރެވިހުރި އެތަކެއް މައްސަލަތަކެއް އެބަހުރި ކަމަށެވެ.

އެހެންކަމުން އިސްލާމްދީނަށް ނަސްރުދީ، ގައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު އަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކޭ ކަމަށް އަބްދުالله ކަމާލުއްދީން ވިދާޅުވިއެވެ.

ޓެގް

ކަމާލުއްދީން ސިޔާސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.