ކުޅިވަރު ހުރިހާ އެޑްވާންޓޭންޖެއް އިންގުލޭންޑް ޓީމަށް

ހުރިހާ އެޑްވާންޓޭންޖެއް އިންގުލޭންޑް ޓީމަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ސެމީފައިނަލުގައި މިރޭ އިންގުލޭންޑާއި ، ޑެންމާރކު ބައްދަލުކުރާއިރު ހުރިހާ އެޑްވާންޓޭޖެއް އޮތީ އިނގުލޭންޑު ޓީމަށެވެ.

މިގޮތުން އެންމެބޮޑު އެޑްވާންޓެޖަކީ އިންގުލޭންޑުގެ ވެމްބުލީ ސްޓޭޑިއަމުގައި އިނގިރޭސި ސަޕޯރޓަރުންގެ ކުރިމަތީގައި މިރޭގެ މެޗު ކުޅެވޭކަމެވެ. ދެވަނަ އެޑްވާންޓޭޖަކީ މިހާތަނަށް މިފަހަރުގެ މުބާރާތުގައި އިންގުލޭންޑު ޓީމުގެ ކޮޅަށް އެންމެ ލަނޑެއްވެސް ވަދެފައި ނުވުމެވެ. އަދި ހަމަ އެހެންމެ އިންގުލޭންޑު ޓީމުގައި އެންޖެރީގެ އެއްވެސް މައްސަލައެއް ނެތުމަކީ އެޓީމަށް ލިބޭ ބޮޑު ހިތްހަމަ ޖެހުމެއްކަމަށް އެޓީމުގެ ކޯޗް  ގަރެތު ސައުތުގޭޓް ފާހަގަ ކުރެއެވެ.

ފަންސަވީސް އަހަރު ތެރޭ އިންގްލެންޑުން ޔޫރޯގައި ކުޅޭ ފުރަތަމަ ސެމީ ފައިނަލް މެޗުގައި އެ ޓީމުން މިރޭ ޑެންމާކާ ބައްދަލުކުރާއިރު ޑެންމާކަކީ 1992 ވަނަ އަހަރުގެ ޔޫރޯގެ ޗެމްޕިއަނުންނެވެ. ސައުތުގޭޓް ފާހަގަކުރި ގޮތުގައި މިއީ އިންގުލޭންޑު ޓިމުން ވިސްނަންޖެހޭނެކަމެކެވެ. އަދި އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި މިއީ ޑެންމާކުޓީމަށް ލިބޭނެ އެޑްވާން ޓޭޖަކަށްވެސް ވެދާނެއެވެ.

މިރޭގެ މެޗަށް ނިކުންނައިރު މިދިޔަ އަހަރު ޑެންމާކުން ވަނީ އިންގްލެންޑާ ދެކޮޅަށް ޔުއެފާ ނޭޝަންސް ލީގުގައި ދެ މެޗު ކުޅެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ޑެންމާކުގައި ކުޅުނު މެޗު ވަނީ ލަނޑެއް ނުޖެހި މިދެޓީމު އެއްވަރުވެފަ އެވެ. އަދި މިދިޔަ އޮކްޓޫބަރު މަހު ވެމްބްލީގައި ކުޅުނު މެޗުން ޑެންމާކުން ވަނީ 1-0 އިން އިންގްލެންޑް ބަލިކޮށްފަ އެވެ. އެމެޗުގައި ޑެންމާކްގެ ހަމައެކަނި ގޯލު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކު ކުޅުނު ފުރަތަމަ މެޗުގައި ހިތް ހުއްޓި ދަނޑު މައްޗަށް ވެއްޓި ފަރުވާ ދޭން ޖެހުނު އެޓީމުގެ ތަރި ކްރިސްޓިއަން އެރިކްޝަން އެވެ.

އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައި މިރޭ ޑެންމާކާއި އިންގްލެންޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މެންދަމު 12.00 ގައެވެ.

ޓެގް

ޔޫރޯ 2020 އިންގްލޭންޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.