ކުޅިވަރު ދެޓީމަށްވެސް ފިފްޓީ ފިފްޓީ

ދެޓީމަށްވެސް ފިފްޓީ ފިފްޓީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ފުޓްބޯޅައިގެ ބޮޑު ދެބާރުކަމުގައިވާ އިޓަލީ އާއި އަދި ސްޕެއިން ބައްދަލު ކުރާއިރު މިރޭގެ މެޗު ކާމިޔާބުކުރުމަށް ދެޓީމަށްވެސް އޮތީ ފިފްޓީ ފިފްޓީ ޗާންސްއެއް ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކެއެވެ.

މުބާރާތުގެ ސެމީފައިލާއި ހިސާބަށް އައުމަށް ކުޅެވުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯރޑަކާއި އެކު އިޓަލީ އައިސްފައި ވީނަމަވެސް މުބާރާތުގައި ސްޕެއިންއިން ދައްކާފައިވާ ކުޅުމަށްބަލާއިރު މިރޭގެ މެޗަކީ އިޓަލީއަށްވެސް ފަސޭހަވާނެ މެޗެއް ނޫންކަމަށް އިޓަލީގެ ކޯޗް ރޮބާޓޯ މަންޗިނީ ފާހަގަކުރެއެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިޓަލީ ކޯޗް ރޮބާޓޯ މަންޗިނީ ހާމަކޮށްފައިވާ ގޮތުގައި ސްޕެއިންގެ ސްޓައިލަކީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގޭމް ނޮމިނޭޓް ކުރުން ކަމުގައި ވިޔަސް މިރޭގެ މެޗަށް އިޓަލީއަށް އެގޮތަށް ބަދަލުކޮށްލުމަކީ ވާނެކަމެއް ނޫންކަމުގައެވެ. އަދި އިޓަލީގެ ފޯކަސް ބަހައްޓާނީ އިޓަލީގެ އަސްލު ގޭމު ކުޅެގެން މޮޅުވުން ކަމުގައެވެ.

ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭގެ ވާހަކަތައްވެސް ހަމަ ހުރީ މިފަދައިންނެވެ. އިޓަލީއަކީ މިފަހަރުގެ މުބާރާތުގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ޓީމެއްކަމުގައި ވީނަމަވެސް މިރޭގެ މެޗަށް ސްޕއިންގެ ގޭމް ސްޓައިލް ބަދަލު ކުރުމަކީ ވާނެކަމެއް ނޫންކަމުގައެވެ.

މިހެންކަމާއި އެކު މިރޭގެ މެޗުން މޮޅުވުމަށް ކޮންމެ ޓީމަކަށްވެސް އޮތީ ފިފްޓީ ފިފްޓީ ފުރުޝަތެކެވެ. މޮޅުވުން ބިނާވެގެންދާނީ އެންމެ ރަނގަޅު ގޮތުގައި ، އެޓީމެއްގެ ސްޓައިލްގައި އެންމެ ރަނގަށް އެޓިމެއްގެ ގޭމް ޖެއްސޭ ޓީމެކެވެ. މިރޭގެ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މެންދަމު 12.00 ގައެވެ.

ޓެގް

ޔޫރޯ 2020

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.