ޚަބަރު އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފަށް ހަދަން މިއުޅޭ ބިލަކީ ރަތް ރޮނގެއް – ޝައިޚް ޒައިދު

އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފަށް ހަދަން މިއުޅޭ ބިލަކީ ރަތް ރޮނގެއް – ޝައިޚް ޒައިދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފަށް ހަދަން މިއުޅޭ ބިލަކީ ރަތް ރޮނގެއް  ކަމަށާއި، ނަފްރަތުގެ ބިލާ ދެކޮޅަށް މުޅި ޤައުމު ތެދުވަން ޖެހޭ ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، ޤާނޫނުލް އުގޫބާތަށް ސަރުކާރުން މިހާރު ހުށައަޅާފައިވާ އިސްލާޙަކީ، އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފަށް ދަމާލާ ރަތް ރޮނގެއް ކަމަށެވެ. އެ އިސްލާޙަކީ އިސްލާމީ ޙުކުމްތަކަށް ޝައްކު އުފައްދާ ޤައުމު ބައިބައިވާ ގޮތަށް މަގުފަހިވާ ބިލެއް ކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.

“ނަފްރަތުގެ ބިލާ ދެކޮޅަށް މުޅި ޤައުމު ތެދުވަން ޖެހޭ.. ބިލް އިސްލާޙް ކުރުމަށް އިސްލާމިކް މިނިސްޓްރީގެ ބަސް އަހަންޖެހޭ.” ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވެއެވެ.

ޝައިޚް ޒައިދު މިފަދައިން ވިދާޅުވި ނަމަވެސް އެބިލް ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ބިލަށް ބަދަލުތަކެއް ގެނަސް، އިސްލާމިކް މިނިސްޓްރީން ބިލަށް ގެންނަން ބޭނުންވި ބައެއް އިސްލާޙްތައް ބިލްގައި ހިމަނާފައެވެ.

އެގޮތުން ބިލުގައި އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ހުށަހެޅި ނަމަވެސް އެ މާއްދާ އުނިކުރުމަށް ކޮމިޓީން ވަނީ ނިއްމާފައެވެ. މީގެ އިތުރުން ވަކި މީހަކީ ކާފަރުވެ މުރުތައްދުވެފައިވާ މީހެކޭ ބުނުން ކުށަކަށް ހަދަން ހުށަހެޅި މާއްދާ ވެސް އިސްލާހުކޮށްފައިވާއިރު ވަކި ހާލަތެއްގައި އެގޮތަށް ބުނެވިދާނެކަމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.

އެއީ މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ބުނެ ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ވުން ކަމަށް ކޮމެޓީގެ ނިއްމުމުގައި ބުނެފައިވެއެވެ.

އެ މާއްދާގައި ބުނާ މުރުތައްދު ނުވަތަ ކުފުރުގެ އަމަލަކީ އިލްމުވެރިންގެ މެދުގައި އިއްތިފާގުވެފައި ހުންނަ ކަންކަމަށް ވާން ޖެހޭނެކަމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު ކޮމެޓީން ނިންމާލައިފައިވާއިރު، ކޮމެޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށައަޅައި އެބިލް ފާސްކުރުމާއިމެދު ގޮތެއް ނިއްމާނީ މަޖިލީހުގެ ތަޅުމުންނެވެ.

މިބިލް ފާސްކުރުމާއި ދެކޮޅަށް ރާއްޖޭގެ ދީނީ މަދަނީ އެތައް ޖަމިއްޔާއަކުން ބަޔާން ނެރެފައިވާއިރު ، އެމްޑީޕީގެ ފުލް މެޖޯރިޓީ އޮންނަ ކައުންސިލްތައްވެސް ހިމެނޭގޮތުން ޖުމުލަ 112 ކައުންސިލަކުންވެސް ވަނީ މިބިލް ފާސްކުރުމާއި ދެކޮޅަށް މިހާތަނަށް ބަޔާންނެރެފައެވެ.

ޓެގް

ނަފުރަތުގެބިލް ޝައިޚް ޒައިދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.