ކުޅިވަރު އުނދަގޫތަކަކަށް ފަހު އިޓަލީ ކުއާޓާއަށް

އުނދަގޫތަކަކަށް ފަހު އިޓަލީ ކުއާޓާއަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކާ ސަންތައިން ސައްތަ ރެކޯޑަކާއި އެކު ދެވަނަ ބުރުން ފުރުޞަތު ހޯދި އިޓަލީޓީމުން އުނދަގޫ ތަކަކަށްފަހު މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކުރި ދެ ލަނޑާއެކު 2-1 އިން އޮސްޓްރިއާ ބަލިކޮށް، ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ

މިފަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އިޓަލީ ޓީމުން އެޓީމުގެ ކޮޅަށް ލަނޑެއް ވަނަ ނުދީ މޮޅު ކުޅުމެއް ދެއްކި އިރު ރޭގެ މެޗުގައި އެ ޖާދޫއާއި ، އެ މޮޅުކުޅުން އޮސްޓްރިއާގެ ކުރިމަތީގައި އިޓަލީއަކަށް ނުދެއްކުނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މެޗުގެ ފުރިހަމަ ވަހުތު ހަމަވެގެން އިތުރުވަގުތުގެ 30 މިނިޓް ކުޅެން ޖެހުމެވެ. ރޭގެ މެޗުގައި އިޓަލީ ޓީމުން ޖެހި ދެ ލަނޑުވެސް ކާމިޔާބު ކޮށްފައި ވަނީ މެޗުގެ އިތުރު ވަގުތު ކުޅުމުގެ ތެރޭގައެވެ. އެގޮތުން އިޓަލީގެ ފުރަތަމަ ލަނޑު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދިނީ  ފްޑްރީކޯ ކިއޭޒާއެވެ. އަދި އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި އިޓަލީގެ 2 ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މަޓޭއޯ ޕެސީނޯއެވެ.

މިފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރޭގެ މެޗާއި ހިސާބަށް އިޓަލީ ޓީމް އައިއިރު އެޓީމުން ކުރިންކުޅުނު 11 މެޗުގައި އެޓީމުގެ ގޯލަށް ލަނޑެއް ވަދެފައި ނުވި ނަމަވެސް  ރޭގެ މެޗުގެ 114 ވަނަ މިނެޓްގައި އޮސްޓްރިއާއިން ވަނީ އިޓަލީ ޓީމުގެ މި ރެކޯރޑަށް ނިމުން ގެނެސްފައެވެ. އޮސްޓްރިއާއަށް މި ލަނޑު ކާމިޔާބުކޮށްދީފައި ވަނީ  އެޓީމުގެ ސާސާ ކަލަޗިކް އެވެ.

ކުއާޓާރ ފައިނަލުގައި އިޓަލީ ބައްދަލުކުރަން ޖެހޭނީ ބެލްޖިއަމް އާއި ޕޯޗްގަލް ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.

ޓެގް

އޮސްޓްރިއާ ޔޫރޯ 2020 އިޓަލީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.