ކުޅިވަރު އާޖެންޓީނާ ކުއާޓާރ ފައިނަލަށް

އާޖެންޓީނާ ކުއާޓާރ ފައިނަލަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރާއްޖޭ ގަޑިން ރޭ ފަތިހު 5.00 ގައި ކުޅެވުނު މެޗު 1-0 އިން ޕެރަގުއޭ ބަލިކޮށް އާޖެންޓީނާ އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ބުރެޒިލުގެ އެސްޓަޑިއޯ ނަސިއޮނާލްގައި ކުޅެވުނު މިމެޗު ފަށައިގެން އާޖެންޓީނާއިން ދިޔައީ ގޯލެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 10 ވަނަ މިނިޓްގައި އެންހެލް ޑި މާރިއާ ދިން ބޯޅައަކުން އަލެހަންދްރޯ ގޯމޭޒް (ޕަޕޫ ގޯމޭޒް) ވަނީ އާޖެންޓީނާގެ ގޯލު ޖަހައިދީފަ އެވެ.

މިމެޗުގެ ދެ ވަނަ ހާފްގައި ޕެރަގުއޭ އިން ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފެއްދި ނަމވެސް އެޓީމަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މި މިބާރާތުގައި އާޖެންޓީނާގެ އިތުރުން މިހާތަނަށް ކުއާޓާ ފައިނަލުން ފުރުސަތު ހޯދި އަނެއް ދެ ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް އާއި ޗިލީ އެވެ. ގްރޫޕް އޭގެ އެއް ވަނާގައި އާޖެންޓީނާ އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓް ހޯދި ޗިލީ އެވެ.

ޓެގް

ޔޫރޯ 2020 އާޖެންޓީނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.