ޚަބަރު ޕޮލެންޑާއި ރާއްޖެއާ ދެމެދު ޗާޓަރު ދަތުރުތަކެއް ފަށައިފި

ޕޮލެންޑާއި ރާއްޖެއާ ދެމެދު ޗާޓަރު ދަތުރުތަކެއް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއާއި ޕޮލެންޑާއި ދެމެދު ޗާޓަރު ފްލައިޓް ދަތުރުތަކެއް ކުރަން ފަށައިފިއެވެ.

ރާއްޖެއަށް ޗާޓަރ ފްލައިޓް ތަކެއް ފަށާފައިވަނީ، ޕޮލެންޑުގެ ބްލޫ ޕެނަރާމާ އެއާލައިންސްގެ ދަށުން ހިންގާ ލޫކް އެއާ އިންނެވެ. މީގެ ކުރިން ބްލޫ ޕެނަރާމާ އިން ވެސް ވަނީ ރާއްޖެއަށް ޗާޓަރު ދަތުރުތައް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ޕޮލެންޑުގެ ޓުއާ އޮޕަރޭޓަރު އިޓާކާ އާ ރާއްޖޭގެ ސަން އޯޝަން މޯލްޑިވްސް ގުޅިގެން ކުރާ މި ދަތުރުތައް އަންނަ އަހަރުގެ އޭޕްރީލް އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

294 ފަސިންޖަރުންނާއި އެކު އިއްޔެ ވަނީ ފުރަތަމަ ޗާޓަރު ފްލައިޓްގެ ރާއްޖެ އައިސްފައެވެ. މީގެ އިތުރުން، ވިޒިޓް މޯލްޑިވްސް އިން އީކާޓާ އެކު ރާއްޖެ އިސްތިހާރު ކުރުމުގެ ކެމްޕޭނެއް ވެސް ވަނީ ފަށާފައެވެ. ޕޮލެންޑުން މިހާތަނަށް 8،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ އިރު މިފެށި ދަތުރުތަކާ އެކު އެ އަދަދު އިތުރުވާނެ ކަމަށް އަންދާޒާ ކުރެއެވެ.

ޓެގް

ޗާޓަރފްލައިޓް ޕޮލެންޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.