ސިންގަޕޫރުގައި ކުނި މެނޭޖްކުރާގޮތް އެއީ ދުނިޔޭގެ އެހެން ގައުމުތަކަށް ހުރި މިސާލެއް!
ދުނިޔޭގެ އެންމެ ސާފުތާހިރު އެއްޤައުމަކީ ސިންގަޕޫރުކަމުގައި އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަމެވެ. އެމީހުން ކުނިމެނޭޖް ކުރަނީ ވަރަށް އާދަޔާ ޚިލާފު ގޮތްތަކެއް ބޭނުންކޮށްގެންނެވެ. އެޤައުމު އެހާރީތިކޮށް ސާފުތާހިރު ޤައުމެއްގެ ގޮތުގައި އޮތުމުގެ ސިއްރަކީ އެއީކަމުގައި ނޫނީ ނުވާނެއެވެ.
ސިންގަޕޫރުގައި އުފެދޭ ކުނި މެނޭޖް ކުރާގޮތަށް ކުރުގޮތަކަށް ބަލައިލަމާތޯއެވެ. އެއްދުވަސް ތެރޭގައި އުފެދޭނެ ހުރިހާ ވައްތަރެއްގެ ކުނިވެސް އެ ޕްރޯސަސް ތެރޭގައި ބޭނުންތެރި ގޮތަކަށް ފަސޭހަކަމާއެކު ނައްތާލައެވެ.
އެންމެ ފުރަތަމަ ޤައުމުގައި އުފެދޭ އެ ހުރިހާ ކުނި ސިސްޓަމެޓިކް ގޮތެއްގައި ހަރުދަނާ ނިޒާމެއްގެ ތެރެއިން އެއްކުރަނީއެވެ. ދެން އެހުރިހާ ކުނި ގެންދަނީ އެމީހުންގެ ކުނިނައްތާލާ ނިޒާމް ޤާއިމްކޮށްފައިވާ ސަރަޙައްދަށެވެ. އެތާންގައި އެކަމަށް ޚާއްޞަ މެޝިނާއި، އެހެނިހެން ވަސީލަތްތައް ޤާއިމް ކޮށްފައި ހުރެއެވެ.
ކުނިނައްތާލާ ނިޒާމް ޤާއިމްކޮށްފައިވާ ސަރަޙައްދަށް ގެންދިއުމަށްފަހު 24 ގަޑިއިރު، ކޮންމެ ހަފްތާއެއްގެ 7 ދުވަހު،ކޮންމެއަހަރަކު 365 ދުވަހު، އެފެކްޓްރީގައި ކުނިތައް ނައްތާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެހުރިހާ ކުނިތައް ނައްތާލުމަށްޓަކައި މައިގަނޑު ގޮތެއްގައި ކުނިތައް އަންދާލަނީއެވެ.
މިގޮތަށް ކުނިއެންދުމުގައި އުފެދޭ ހޫނު ބަދަލުކުރަނީ އެކިއެކި ތަންތަނަށް ކަރަންޓް ފޯރުކޮށްދިނުމުގެ ގޮތުން އެލެކްޓްރިސިޓީއަށެވެ. ހަމައެއާއި އެކު މި ޕްރޮސެސްގެ ތެރެއިން އުފެދިގެންދާ ތަފާތު ވައްތަރުގެ ގޭސްތައް ފިލްޓަރ ކުރުމަށްފަހު ބަދަލުކޮށްލަނީ އަހަރެމެން ނޭވާލާން ބޭނުންކުރާ ސާފު އޮކްސިޖަން އަށެވެ.
ދެން ބާކީ ހުންނަ އަޅިތަކާއި، އެހެނިހެން ބާވަތްތައް ގެންދަނީ ސިނާޢީ އެހެން ބިމަކަށެވެ. އެތަނަށް ގެންދިއުމަށްފަހު އެބާވަތްތައް އަޅާލަނީ ފެންގަނޑަކަށެވެ. އެއީ އެއްވެސް މިންވަރަކަށް ލޮނުގެ ކަމެއް އެކުލެވިފައިނުވާ އަދި އެއްވެސް ދިރުމެއްނުވާ ފެންގަނޑެކެވެ.
މި ޕްރޮސެސް ސާފު ކަމުން ކަޑުއަޑީގެ މުރަކަތަކާއި ވަލުތެރޭގެ ޖނަވާރުތަށް ވެސް އެއެއްޗިހީގެ މާހައުލުގައި ހިތްގައިމު ކަމާއެކު ދިރިއުޅެ އެވެ. މުޅި ގައުމުން ކުނި ނަގާ ކުނި އަންދާ ފިލްޓަރ ކުރުމަށް ސިންގަޕޫރުން އަމަލު ކުރަމުން ދަނީ މި ދެންނެވި ގޮތުގެ މަތިންނެވެ.
ބަވަނަވެފައި މިވާ ދުނިޔެއިން ކުނިނަށްތާ ސާފު ކޮށް އިންސާނުންނަށް ދިރިއުޅެން އެކަށީގެންވާ މާހައުލެއްގެ ގޮތުގައި ދުނިޔެ ބޭއްވުމަށްޓަކައި ސިންގަޕޫރުން އެދައްކާ ރީތި ނަމޫނާ ދުނިޔޭގެ ހުރިހާ ގައުމުތަކަކުންވެސް ބަލައިގަންނަން ޖެހެއެވެ.
