ޚަބަރު ލައިސަންސް އައު ކޮށްދިނުމުގެ ޚިދުމަތް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަލުން ފަށަނީ

ލައިސަންސް އައު ކޮށްދިނުމުގެ ޚިދުމަތް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަލުން ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންނަ އާދިއްތަ ދުވަހުން ފެށިގެން ލައިސަންސް އައު ކޮށްދިނުމުގެ ޚިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

ކޯވިޑް 19އާ ގުޅިގެން ލައިސަންސް އައު ކޮށްދިނުމުގެ ޚިދުމަތް ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ. އެގޮތުން އެއްގަމު އުޅަނދުތަކުގެ ޑްރައިވިންގ ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް އެ ޚިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލީ މިދިޔަ މަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ. މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކޯވިޑްގެ ހާލަތާއި ގުޅިގެން އަންނަ ޖުލައިމަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ގޮތް ހަދާދީފައެވެ.

އަންނަ އާދިއްތަ ދުވަހު ލައިސަންސް އައު ކޮށްދިނުމުގެ ޚިދުމަތް ފަށަން ނިންމާފައިވާއިރު އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކާޑާއި ރަޖިސްޓްރީތައް ސެލްފް ކަލެކްޝަން ސްޓޭޝަންއަކުން ދޫކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ސެންޓަރުން ލައިސަންސް ކާޑާއި ވެހިކަލް ރަޖިސްޓްރީތައް ދޫކުރާނެއެވެ. މި ޚިދުމަތަކީ ކިއުގައި ނުޖެހި އަވަސް، ފަސޭހަ ޚިދުމަތެއް ދިނުމަށްޓަކާ ޤާއިމުކުރި ޚިދުމަތެއްކަމަށް ޓްރާންސްޕޯޓުން ވިދާޅުވެއެވެ. މި ސެންޓަރުން ދޫކުރާ ކާޑާއި ރެޖިސްޓްރީ ތައްޔާރުވުމުން އެކަން ވެރިފަރާތައް އަންގާނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ދެ ފުރޮޅުލީ އެއްގަމު އުޅަނދުގެ ރަޖިސްޓްރޭޝަންގެ ޚިދުމަތްތާއި މެރިޓައިމްގެ ބައެއް ޚިދުމަތްތައް ދޭންވެސް ނިންމާފައެވެ.

ޓެގް

ލައިސަންސް ޓްރާންސްޕޯޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.