ޚަބަރު މާފުށީޖަލުގައި ހިންގަމުންދާ އޮޕަރޭޝަނުގައި ހަމަނުޖެހުންތަކެއް ހިނގައި 5 ގައިދީއެއްގެ ބޯފެޅިއްޖެ

މާފުށީޖަލުގައި ހިންގަމުންދާ އޮޕަރޭޝަނުގައި ހަމަނުޖެހުންތަކެއް ހިނގައި 5 ގައިދީއެއްގެ ބޯފެޅިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަލާމަތީ ބާރުތަކުން މާފުށީޖަލުގައި ހިންގަމުންދާ އޮޕަރޭޝަނުގައި ހަމަނުޖެހުންތަކެއް ހިނގައި 5 ގައިދީއެއްގެ ބޯފެޅިއްޖެ ކަމަށް ޚަބަރުލިބިއްޖެއެވެ.

ފަސް ގައިދީއަކަށް އެކިވަރުގެ އަނިޔާލިބި ބޯފެޅުނުކަމަށް ޚަބަރު ފެތުރުނުނަމަވެސް އެއްވެސް ރަސްމީ ފަރާތަކުން އެކަން ކަށަވަރު ކޮށެއް ނުދެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖަލުގައި ހިންގަމުންދާ އޮޕަރޭޝަނުގައި ފުލުހުންވަނީ ޓޭސަރގަން ބޭނުންކޮށްފައެވެ. އަދި ޓޭސަރގަން ބޭނުންކުރުމުގެ ތެރޭގައި ގައިދީއަކަށް ވަނީ އަނިޔާވެފައެވެ. އެގޮތުން ފުލުހަކުބޭނުންކުރި ޓޭސަރ ގަން އަމާޒުވީ ގައިދީއެއްގެ ކަރަށެވެ.

ސަލާމަތީ ބާރުތަކުން ހިންގަމުންދާ މި އޮޕަރޭޝަންނުގައި އިތުރު ގައިދީންނަށް އަނިޔާވެފައިވާކަމަށް ޚަބަރު ލިބިފައިވީނަމަވެސް އިތުރު ތަފްޞީލް އަދިވެސް ލިބޭގޮތެއް ނުވެއެވެ.

ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަންނާ ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި އެ ތިން މުވައްސަސާ ގުޅިގެން ހާއްސަ އޮޕަރޭޝަން އެއް ހިނގަމުން ދާ ކަމަށެވެ.

ޓެގް

މާފުށީޖަލު ކަރެކްޝަނަލްސަރިވސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.