ޚަބަރު ގުޅިފަޅުގެ ޕްލޭން މައްސަލައިގައި ސިޓީ ކައުންސިލުން ކޯޓަށް ދަނީ

ގުޅިފަޅުގެ ޕްލޭން މައްސަލައިގައި ސިޓީ ކައުންސިލުން ކޯޓަށް ދަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މާލެ ސިޓީ ކައުންސިލްގެ ނިންމުމާ ހިލާފަށް ގުޅިފަޅުގައި ވިޔަފާރި ބަނދަރު ތަރައްގީ ކުރާ ނަމަ އެކަމާ ދެކޮޅަށް ކޯޓަށް ދާނެ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު ކޯޓަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވީ އެ ކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސްގައެވެ.

މޭޔަރު ވިދާޅުވީ ގުޅިފަޅަކީ މާލޭގެ ރައްޔިތުންގެ ގެދޮރުގެ މައްސަލައަށް އޮތް ހައްލު ކަމަށެވެ. އެކަން ތަންފީޒުކުރުމަށް ހުރިހާ މަސައްކަތްތައް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅިފަޅު ޕްލޭންގެ މައްސަލައިގައި މާލެސިޓީ ކައުންސިލާއި މައިސަރުކާރާމިވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ގުޅިފަޅުގައި މި ސަރުކާރުން އަންނަނީ މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރަން ބޮޑު މަޝްރޫއެއް ހިންގަމުންނެވެ. އަދި އެ ތަނުން 1،244 ގޯ ތިދޭން ސަރުކާރުން ނިންމާފައި ވެ އެވެ.

ނަމަވެސް މުއިއްޒު ވިދާޅުވީ ގުޅިފަޅުގެ ޕްލޭން ރިވައިސްކުރުމަށް ބައްދަލުވުންތަކެއް ފައްޓަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ބޭއްވެވި ބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ. މަދުވެގެން 30،000 ރައްޔިތުންނަށް ގެެދޮރު ލިބޭނެ ގޮތަށް ޕްލޭން ރިވައިސްކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެކަން އެހެން އޮއްވައި، ޖެހިގެން އައި ހަފުތާގައި ގުޅިފަޅު ހިއްކުމާ ގުޅޭ އީއައިއޭ ކޮންސަލްޓަންޓާއެކު ބޭއްވި ބައްދަލުވުމެއްގައި ސިޓީ ކައުންސިލުން ވެސް ބައިވެރިވި އެވެ. އޭނާ ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ޕްލޭނާ އެއްގޮތަށް އެކަން ކުރިއަށް ގެންދަން ތާއީދު ނުކުރާކަން އަންގާފައިވާ ކަމަށެވެ.

ޑރ.މުއިއްޒު ވިދާޅުވިގޮތުގައި އެ ކުރާ މަސައްކަތުން އެއްވެސް އަލިމަގެއް ނުފެނިއްޖެނަމަ ކައުންސިލުން ވަނީ ކޯޓަށް ދިއުމަށް ވެސް ނިންމައިފަ އެވެ. އެއީ މިހާރު އަދި މާދަމާ ކުރާނެ ކަމެއް ނޫން ކަމަށާއި އެ ހިސާބަށް ދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ގުޅިފަޅުގައި ވިޔަފާރި ބަނދަރެއް ހިންގުމަކީ، އެތަނާ ނުބައްދަލު ކަމެކެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެވަރުގެ ޕޯޓަކަށް އެތަން އެކަށީގެންނުވުމެވެ. މުއިއްޒު ގަބޫލުކުރައްވާ ގޮތުގައި، ބްރިޖުން ގުޅާލައިފައި އޮންނަ ގުޅިފަޅަކީ މާލޭގެ މީހުން ދިރިއުޅެން އެންމެ ރަނގަޅު ތަނެވެ.

ޓެގް

ގުޅީފަޅު ޑރ.މުއިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.