ޚަބަރު ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ދެވަނަ ޢިމާރާތުގައި ހުންނަ ގުދަނެއްގައެވެ. އެ ގުދަން ހުރީ ޢިމާރާތުގެ ޓެރަސްގައިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 10:46 ހާއިރު ކަމަށެވެ.

އެ ގޮތުން އެމްއެންޑީއެފުގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި ވިލިމާލޭ ފަޔަރ ސްޓޭޝަން ގުޅިގެން އަލިފާންގަނޑު ނިއްވައިލައިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހާދިސާއާއި ގުޅިގެން މީހަކަށް ގެއްލުމެއްވިކަމުގެ މަޢުލޫމާތެއް އަދި ނުލިބެއެވެ. ނަމަވެސް އަލިފާން ރޯވުމުން ގުދަނުގެ ތެރޭގައި ހުރި ސާމާނުތައް އަނދައި އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

މިހާދިސާ ހިނގަންދިމާވީ ކީއްވެގެން ކަމެއް އަދި ނޭންގެއެވެ. އަލިފާން ރޯންވާން ދިމާވި ސަބަބެއް ހޯދުމުގެ މަސައްކަތް ގެންދަނީ ފުލުހުން ކުރަމުންނެވެ.

ޓެގް

އަލިފާންރޯވުން އެމްއެންޑީއެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.