ޚަބަރު

މަޖިލީހުގެ އިންކުއަރީއަށް ފުލުހުން ފުރިހަމައަށް އެއްބާރުލުންދޭނެ – ޕޮލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ފަށާފައިވާ ތަހުޤީޤަށް މައުލޫމާތު ދިނުމަށް ފުލުހުންގެ ފަރާތުން ދޭންޖެހޭ ފުރިހަމައަށް އެއްބާރުލުންދޭނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިންބުނެފިއެވެ.

ރާއްޖޭގެ އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، ޔޫނުސް ސޮބާހް ވިދާޅުވީ ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދަން ބޭނުންވާ ވަކިވަކި ފުލުހުން ފާހަގަކޮށް، ކޮމިޓީއަށް ހާޒިރުވާން މަޖިލީހުން ނޯޓިސް ފޮނުވާފައިވާކަމަށެވެ. އަދި ޕޮލިސް ކޮމިޝަނަރާއި، ނޯޓިސް ފޮނުވާފައިވާ ވަކިވަކި ފުލުހުން ވެސް ކޮމިޓީއަށް ހާޒިރުވެ މައުލޫމާތު ދެއްވާނެކަމަށާއި މަޖިލީހުގެ އިންކުއަރީއަށް ފުލުހުން ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށްވެސް ޔޫނުސް ވިދާޅުވެފައިވެއެވެ.

މަޖިލީހުން ކުރިއަށްގެންދާ ތަހުޤީޤަށް ވަކިވަކި ފުލުހުން ހާޒިރުވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ބުނެފައިވާއިރު، މަޖިލީހުގެ ތަހުޤީޤަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯހުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާ ދިންއިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް، ނުވަތަ ފޫއަޅުވާލި ގޮތް ބަލާ އިންކުއަރީއަށް ގައުމީ ދިފާއީ ބާރުގެ ވަކިވަކި ސިފައިން، ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން މަޖިލީހުގެ އިދާރާއަށް ވަނީ އަންގާފައެވެ.

އެމްއެންޑީއެފުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑްގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި ޖަވާބުދާރީ ވާނީ މުއައްސަސާގެ ފަރާތުން ކަމަށެވެ.

އެމްއެންޑީއެފްގެ އެ ނިންމުމަށް 241 ކޮމެޓީގެ މެމްބަރުން ވަނީ ފާޑުވިދާޅުވެފައެވެ. ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އެމްއެންޑީއެފްގެ އެ ނިއްމުމަކީ އިންކްއަރީއަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close