ޚަބަރު

މާލޭގެ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

މާލޭގެ ގެއެއްގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވެ އަނދަމުން ދަނީ މއ.މޯނިންގވިއުގެ ތިން ވަނަ ފަންގިފިލާގައި ކަމަށެވެ.

އެގޭގައި ރޯވެފައިވާ އަލިފާންގަނޑު ވަރަށް ބޮޑަށް ބޭރަށްވެސް ފެންނަން ހުއްޓެވެ. ކައިރި ގެތަކަކަށްވެސް އަލިފާނުގެ އަސަރުކޮށްފައިވެއެވެ. ނަމަވެސް އިތުރު އިމާރާތެއްގައި ރޯވެފައި ވާކަމުގެ އެއްވެސް މަޢުލޫމާތެއް ނުލިބެއެވެ. ދުމުގެ އަސަރުކޮށްގެން އެހިސާބުގެ ގިނަގެތަކުން މީހުންވަނީ މަގުމައްޗަށް ނުކުމެފައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ. އަލިފާންގަނޑު މިހާރު ކޮންޓްރޯލްވެފައިވާޢިރު ، އަލިފާން ރޯވި ކަމުގެ ރިޕޯޓް ކޮށްފައި ވަނީ ފަތިހު 05:00 ހާއިރުކަމުގައި އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާ ހިނގަންދިމާވި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ފުލުހުންނާއި ސިފައިން ދަނީ އެކަން ބަލަމުންނެވެ.

މާލޭގައި މިފަދަ އަލިފާނުގެ ބޮޑެތި ހާދިސާތައް އަންނަނީ ދޭތެރެދޭތެރޭން ހިނގަމުންނެވެ. ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވަނީ މިފަދަ ހާދިސާއަކުން ލިބިދާނެ ބޮޑެތި ގެއްލުންތަކަށްޓަކައި ދުރާލާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close