އިންޓަނެޓުގެ ހެޔޮ އަގުތައް އިއުލާންކުރުން މާދަމާއަށް ފަސްކޮށްފިއެވެ.
ކުރިންއޮތީ އެ އަގުތައް މިއަދު އިޢުލާންކުރަން ނިންމާފައެވެ. ނަމަވެސް މާދަމާއަށް އެކަން ފަސްކުރީ ކީއްވެކަމެއް އެއްވެސް ފަރާތަކުން އަދި ބުނެފައެއް ނެތެވެ.
ޓެކްނޮލޮޖީ މިނިސްޓްރީއާއި ހަވާލާދީ ބައެއް އޮންލައިން ނޫސްތަކުގައި ބުނެފައިވަނީ އިންޓަނެޓުގެ ހެޔޮ އަގުތައް އިއުލާން ކުރުން އޮންނާނީ މާދަމާ ކަމުގައެވެ.
އިންޓަނެޓުގެ އަގު ހެޔޮކުރުމަށްޓަކައި ކަމާ ބެހޭ ބައެއް އިދާރާތަކުން ބައްދަލުވުންތައް ބާއްވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށް ބަދަލު ގެންނަން އެއްބަސްވެފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، މިހާރު ތިބި އޮޕަރޭޓަރުންގެ އިތުރުން އެހެން އޮޕަރޭޓަރުންނަށް ފުރުސަތު ނުދޭ ގޮތަށެވެ. އަދި މި މުއްދަތަށް ފަހު އަލުން އަގުތައް މުރާޖައާ ކުރުމަކީ ސަރުކާރާއި އޮޕަރޭޓަރުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ކަމަށް ވެ އެވެ.
އިންޓަނެޓުގެ އަގުހެޔޮ ކުރުމަކީ، މި ސަރުކާރު ވެރިކަމަށް އައުމުގެ އެންމެ ބޮޑު ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތަކެވެ. ސަރުކާރަށް ތިން އަހަރު ވާއިރު ވެސް އިންޓަނެޓްގެ އަގަށް ބަދަލު އައިސްފައި ނުވާތީ، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...