ޚަބަރު މިރެއިން ފެށިގެން ރާއްޖެއަށް މޫސުން ރަނގަޅުވާނެ – މެޓްއޮފީސް

މިރެއިން ފެށިގެން ރާއްޖެއަށް މޫސުން ރަނގަޅުވާނެ – މެޓްއޮފީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަރަބިކަނޑުގައި އުފެދިފައިވާ ތޫފާން ‘ޓައުޓޭ’ގެ ސަބަބުން ރާއްޖޭގެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު މިރޭން ފެށިގެން ކުޑަވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ ތޫފާން “ޓައުޓޭ” މިވަގުތު ހުރީ ހއ. ތުރާކުނުގެ އުތުރުން ގާތްގަނޑަކަށް 400 މޭލު ދުރުގައި ކަމަށެވެ. މި ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރަމުން ދާއިރު އެ އިދާރާއިން ބުނީ ތޫފާނުގެ ސަބަބުން ކުރަމުންދާ އަސަރު ކުޑަވި ނަމަވެސް މިއީ ހުޅަނގު މޫސުން ކަމަށް ވުމާއެކު ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ.

އެހެންކަމުން ހއ.އަތޮޅުން ފެށިގެން ރ.އަތޮޅަށް މިއަދުވެސް ވަނީ ރީނދޫ އެލަރޓް ނެރެފައެވެ. މިއަދު އެ ހިސާބުތަކަށް 25-30 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެއެވެ.

ޓެގް

މެޓްއޮފީސް ވިއްސާރަ މޫސުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.