ޚަބަރު ހަމަލާއެއްގެ އިންޒާރު ލިބިގެން ވީއައިއޭގެ ސެކިއުރިޓީ ވަރުގަދަކޮށްފި

ހަމަލާއެއްގެ އިންޒާރު ލިބިގެން ވީއައިއޭގެ ސެކިއުރިޓީ ވަރުގަދަކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެން އެތާންގެ ސެކިއުރިޓީ ވަރުގަދަކޮށް ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ބަލައި ފާސް ކުރަން ފަށައިފިއެވެ.

ފުލުހުންނާއި ސިފައިން ރާއްޖޭގެ އެންމެ ބޮޑު ވައިގެ ބަނދަރަށް ހާއްސަ އިސްކަމެއް ދީގެން ބަލަހައްޓަން ފެށީ ރެއިން ފެށިގެންނެވެ. އެއާޕޯޓު ބޭރުގައި އެސްއޯ ފުލުހުން ރެއިން ފެށިގެން ހަރަކާތްތެރިވި އިރު، ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަނީ އެއާޕޯޓު ތެރޭގައެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަ އިބްރާހިމް އާޒިމް ވިދާޅުވިކަމަށް ވަގުތު ނޫހުގައި ބުނެފައިވަނީ ރެއިން ފެށިގެން ވެލާނާ އެއާޕޯޓްގެ ސެކިއުރިޓީ މަތިކުރީ ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ނަމަވެސް މައުލޫމާތު އެނގޭ މީހަކު ކިޔައި ދިން ގޮތުގައި، ވީއައިއޭގައި ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެއާޕޯޓުގައި ބޮމުގެ ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޓަލިޖެންސް މައުލޫމާތު ލިބިގެންނެވެ. ވަގުތު ގައި ބުނެފައިވެއެވެ.

އިންޓެލް މައުލޫމާތާއި ގުޅިގެން އެއަރޕޯޓަށް އަންނަ ކާރާއި އެހެނިހެން އުޅަނދުފަހަރު، ހުއްޓުވައި ޑިކީ ފަދަ ތަންތަން ވެސް ބަލައި ފާސް ކުރަމުން އަންނަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޓެގް

ވީއައިއޭ ވެލާނާއިންޓަރނޭޝަނަލްއެއަރޕޯޓް އެމްއެންޑީއެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.