ޚަބަރު ކަޅުފައިސާގެ ލިސްޓްގައި ވަރަށް ހީނުކުރާ ބޭފުޅުންވެސް އެބަހުރި – ޝައިޚް ޒައިދު

ކަޅުފައިސާގެ ލިސްޓްގައި ވަރަށް ހީނުކުރާ ބޭފުޅުންވެސް އެބަހުރި – ޝައިޚް ޒައިދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކަޅު ފައިސާ ލިސްޓް ގައި ވަރަށްހީ ނުކުރާ ބޭފުޅުން ވެސް އެބަ ހުރިކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަޅު ފައިސާ ލިސްޓް ގައި ވަރަށްހީ ނުކުރާ ބޭފުޅުން ވެސް އެބަ ހުރިކަމަށާއި،ޕީޕީއެމް ގެ މީހުންނަށް އޭގެ މަންފާ ލިބުނު ކަމަށް ބުނުމުން ހައިރާނެއް ނުވާކަމަށެވެ.

ނަމަވެސް އެންމެ ހައިރާންވީ ލިސްޓް އާއްމު ކުރާށޭ، ޚިޔާނައި ނުވާށޭ، ކިޔައި އަޑު ގަދަ ކުރި އެމްޑީޕީ ބަރުލަމާނީ ފެކްޝަންގެ ބޭފުޅުން އެއިން ފެނުމުން ކަމަށްވެސް ޝައިޚްގެ ޓްވީޓް ގައި ވިދާޅުވެފައިވެއެވެ.

ޝައިޚް ޒައިދު މިފަދައިން ޓްވީޓް ކުރައްވާފައި ވާއިރު އެމްއެމް ޕީއާރުސީގެ ޚިޔާނާތުގެ ލިސްޓް ރޭ ވާނީ ސޯޝަލް މީޑިއާއަށް ލީކްކޮށްލާފައެވެ. ނަމަވެސް އެއީ ސައްޙަ ލިސްޓްކަމެއް ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރު ކޮށެއް ނުދެއްވައެވެ.

ޚިޔާނާތުން މަންފާ ވި ކަމަށް ބުނާފަރާތްތަކަކީ

– މަޖިލީހުގެ ކުރީގެ 44 މެންބަރުން

– މަޖިލީހުގެ މިހާރުގެ 16 މެންބަރުން

– ސަރުކާރުގައި މިހާރު ވެސް ހިމެނޭ ހަތް ބޭފުޅުން

– ކުރީގެ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި 30 ބޭފުޅުން.

– މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެންބަރުން

– ފަސް ފަނޑިޔާރުން

– ސަލާމަތީ ޚިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓު ލީކުވެފައިމިވަނީ މަޖިލީހުގެ ކޮމިޓީން އެ ލިސްޓު ސިއްރުކުރަން ނިންމާފައިވަނިކޮށެވެ.

ޓެގް

ބޮޑުޚިޔާނާތް ޝައިޚް ޒައިދު އެމްއެމްޕީއާރުސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.