ޚަބަރު ލިސްޓުގައި ނެތަސް ތުހުމަތުވާ މީހުން އެބަތި އެމީހުންނަށް އޮތީ ކޮންހުކުމެއްތޯ؟ – އިބްރާ

ލިސްޓުގައި ނެތަސް ތުހުމަތުވާ މީހުން އެބަތި އެމީހުންނަށް އޮތީ ކޮންހުކުމެއްތޯ؟ – އިބްރާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އެކުލަވާލި ލިސްޓުގައިނެތަސް ތުހުމަތުވާ މީހުން އެބަތި ކަމަށާއި، އެމީހުންނަށް އޮތީ ކޮންހުކުމެއްތޯ؟ މަންދުކޮލެޖްގެ ވެރިޔާ އިބްރާ ސުވާލުކުރައްވައިފިއެވެ.

އިބްރާ މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކި މަގާމުތަކުގައި މިހާރު ތިއްބެވި ފަރާތްތައް މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުމާ ގުޅިގެންނެވެ.

އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލިސްޓުގައި ނެތަސް ތުހުމަތުވާ މީހުން އެބަތި ކަމަށާއި އެމީހުންނަށް އޮތީ ކޮންހުކުމެއްތޯ އީވާއާ ސުވާލު ކުރައްވާފައެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި ރޭ އީވާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މައްސަލައިގައި މީހުންގެ ލިސްޓު ދިރާސާ ކުރާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި މިރޭ ވާހަކަދައްކަވަމުންނެވެ.

އީވާ ވިދާޅުވީ ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ އެ ފަރާތްތަކުގެ މަސައްކަތުން ބޮޑެތި ބާރުތަކަކާއި ޒިންމާތަކެއް އަދި މައުލޫމާތުތަކެއް ލިބިގެންވާ ބައެއް ކަމަށާއި އަދި އެ ބާރާއެކު މުޅި ދައުލަތުގެ މިސްރާބު ބަދަލުކޮށްލުމުގެ ބާރު ވެސް އެ ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން ލިސްޓުގައި ހިމެނޭ އެފަދަ ފަރާތްތަކަށް ހާއްސަ ފޯކަސްއެއް ދިނުން މުހިއްމު ކަމަށް އީވާ ވިދާޅުވިއެވެ.

އެގޮތުން ތަހުގީގުގެ މަރުހަލާ ކުރިއަށްދާއިރު ވެސް އެ ލިސްޓުގައި ހިމެނޭ އެފަދަ މަގާމުތަކުގައި ތިބި މީހުންނަށް ރަނގަޅު ފިޔަވަޅު އަޅަންޖެހޭ ކަމަށާއި ހުކުމް އަންނަންދެން މަޑުކުރަން ނުޖެހޭނެ ކަމަށް އީވާ ވިދާޅުވިއެވެ.

ޓެގް

ބޮޑުޚިޔާނާތް މަންދުކޮލެޖު އިބްރާ އެމްއެމްޕީއާރުސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.