ޚަބަރު

ވެންޓިލޭޓަރު ކަރަޕްޝަންގެ މައްސަލައިގައި ހެލްތްގެ ދެ ނައިބުން ވަކިކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ގެންނަން ދައުލަތުން ހެދި އެއްބަސްވުމުގައި ކަރަޕްޝަން އެކުލެވޭކަމަށް ތުހުމަތުކޮށް އެކަމުގައި ބައިވެރިވި ކަމަށް ބެލެވޭ ހެތްލު މިނިސްޓަރުގެ ނައިބުންގެ ގޮތުގައި ތިއްބެވި ދެބޭފުޅަކު މަޤާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ، މިނިސްޓަރު އޮފް ހެލްތުގެ ނައިބުގެ މަގާމުން އަލްއުސްތާޛާ ޝިޔާމާ މުޙައްމަދާއި، އަލްފާޟިލާ ނިޝާމާ މުޙައްމަދު މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

މި ދެބޭފުޅުން މަޤާމުން ވަކިކުރެއްވިއިރު، ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ހޯދުމަށް ހެލްތު މިނިސްޓްރީއާއި އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާއެކު ވެފައިވާ އެއްބަސްވުން މިމަހުގެ ދެވަނަ ދުވަހު ވަނީ ބާޠިލުކޮށްފައެވެ.

ނިޝާމާއަކީ ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގް އާއި ހަވާލުކުރަން ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީން ނިންމިއިރު އެކޮމެޓީގެ ޗެއާއެވެ. އަދި ޝިޔާމާއަކީ ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އިން ވެންޓިލޭޓަރު ގަންނަން ވި އެއްބަސްވުމުގައި ސޮއި ކުރި ފަރާތެވެ.

މި ދެ ބޭފުޅުން ގިނަ މަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ހުރި ނަމަވެސް އެ މަސްތަކުގައިވެސް މުސާރަ ދީފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close